ޚަބަރު

ދަތިވީ ވިޔަފާރިވެރިން ގަސްދުގައި ބައެއް ބޭސްތައް އެތެރެކުރުން ހުއްޓާލުމުން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލޭގެ ބޭސް ފިހާރައެއް/ ފޮޓޯ: ދެން

ބޭސް ލިބުމުގައި ދަތިތައް ކުރިމަތިވީ ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ވިޔަފާރިވެރިން ގަސްދުގައި ބައެއް ބޭސްތައް އެތެރެކުރުން ހުއްޓާލުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު މިއަދު ވިދާލުވީ އާންމު ރައްޔިތު މީހާ އާސަންދައިގެ ތެރެއިން ޕްރައިވެޓް ބޭސް ވިއްކާ ކުންފުނިތަކަށް ބޭސް ގަންނަމުން ދިޔައިރު އެ ޕްރޮއިވެޓް ކުުންފުނިތަކުން ބޭސް ވިއްކަމުން ދިޔައީ 2000 އެއްހާ ޕަސެންޓްގެ ފައިދާލުމަށް ފަހު ކަމަށެވެ.

އަދި މިއީ އާސަންދައިގެ ތެރެއިން ވަރަށް ބޮޑަށް އިސްރާފުވެގެންދާ ފައިސާއެއް ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެގޮތަށް ބޭސް ވިއްކަމުން ދިޔަ ބައެއް ފަރާތްތަކުން އިސާހިތަކު ބޮޑެތި މުއްސަނދިންނަަށްވެސް ވެފައިވާ ކަމަށެވެ.

އެހެންވެ އެ އިސްރާފުކުޑަކުރަން ބޭސް ވިއްކޭ އެންމެ ބޮޑު އަގު ސަރުކާރުން ކަނޑައެޅިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ކުޑަކޮށްލީމާ މީގެ ރަޕްރަކަޝަންއެއްގެ ގޮތުގައި ބައެއް ވިޔަފާރިވެރިން، އަޅުގަނޑު ހަމަ ހަގީގަތަށް ދަންނަވާލަން ބައެއް ވިޔަފާރިވެރިން [ބޭސްތައް] ގެނައުން ގަސްދުގައި ހުއްޓާލީ. [ބޭސްތަކުގައި ސަޕްލައި] ޗޯކުކޮށްލަން" ރައީސް ވިދާޅުވި އެވެ.

އެއާއެކު އެސްޓީއޯއަށް އެކަށީގެންވާ ވަރަށް ވަގުތުން ވަގުތުން ބޭސްތައް ނުގެނެވި ބޭސްތައް ލިބުމުގައި ދަތިވީކަމަށް ރައީސް ވިދާޅުވި އެވެ.