މޯލްޑިވްސް ބިޒްނަސް ސްކޫލުގައި އަލަށް ފަށާ ދެ ކޯހަކާ އެކު ޖުލައި އިންޓޭކަށް ހުޅުވާލައިފި

މޯލްޑިވްސް ބިޒްނަސް ސްކޫލުގައި އަލަށް ފަށާ ދެ ކޯހަކާ އެކު އެ ކޮލެޖުގެ ޖުލައި އިންޓޭކަށް ހުޅުވާލައިފި އެވެ.
ބިޒްނަސް ސްކޫލަކީ ވިޔަފާރީގެ ދާއިރާ އާ ގުޅުންހުރި ކޯސްތަކަށް ހާއްސަ ކޮލެޖެކެވެ. އޭގެ އިތުރުން އައިޓީ ދާއިރާގެ ކޯސްތައް ވެސް އެ ކޮލެޖުގައި ކިޔަވައިދެ އެވެ. ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓާސް ޑިގްރީ އާ ހަމައަށް ބިޒްނަސް ސްކޫލުގައި ކޯސްތައް ހިންގަ އެވެ.
ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މައުލޫމާތު އެ ކޮލެޖުގެ ވެބްސައިޓުން ފެންނަން ހުންނައިރު، ކޯސްތަކަށް ވެބްސައިޓުން އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.
ބިޒްނަސް ސްކޫލުން ޖުލައި އިންޓޭކުގައި އަލަށް ފެށުމަށް ހަމަޖެހިފައި ވަނީ ޕްރީ މާސްޓާސް ޕްރޮގްރާމަކާ އަދި ބެޗެލާ އޮފް ޕްރޮޖެކްޓް މެނޭޖްމަންޓް އެވެ.
އެ ކޮލެޖުގެ ޖުލައި އިންޓޭކަށް ކުރިމަތިލާ ދަރިވަރުންނަށް ހާއްސަ "އާލީ ބާޑް" ޑިސްކައުންޓުތަކެއް ވެސް ބިޒްނަސް ސްކޫލުން ވަނީ ތައާރަފުކޮށްފަ އެވެ. އެގޮތުން:
- ސެޓްފިކެޓް ލެވެލްގެ ކޯސްތައް: 1،900 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އެއީ އެއް މަހުގެ ކޯހުގެ ފީ އެވެ.
- މާސްޓާސް ލެވެލްގެ ކޯސްތައް: 5،000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އެއީ ފުރަތަމަ މަހުގެ ކޯހުގެ ފީ އަށް ނަގާ 3،500 ރުފިޔާ އާއެކު އެޑްމިން ފީ ގެ ގޮތުގައި އަހަރަކު އެެއްފަހަރު ނަގާ 1،500 ރުފިޔާ އެވެ.
- ފުރަތަމަ ޑިގްރީ: ޕްރޮގްރާމުތަކުގައި ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމުގެ ދަށުން ކިޔެވޭނެ އެވެ. އަދި ފުރަތަމަ އަހަރުގެ އެޑްމިން ފީ ކަމަށްވާ 1،500 ރުފިޔާ ދައްކާކަށް ނުޖެހޭނެ އެވެ.
ބިޒްނަސް ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ވެސް އެ ކޮލެޖުން ފަހިކޮށްދެ އެވެ.