ސިހުރުގެ ތުހުމަތުގައި ބާރަށުގައި ބޮޑު އޮޕަރޭޝަނެއް

ހއ. ބާރަށުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި ފުލުހުން ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ބާރަށުގައި މިއަދު ހެނދުނު 7 އިން ފެށިގެން ހިންގި އޮޕަރޭޝަންގައި އެ ރަށުގެ 8 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ފާސްކުރި 8 ތަނުން މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ތަކެތި ގެންދިޔަ ކަމަށެވެ.
އަދި 8 މީހަކާ ސުވާލުކޮށް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންނާ ގުޅޭ މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

Ads by Allied Insurance