ޚަބަރު

ޔުމްނު ހާދިސާ ކިޔައިދީފި، ވެއްޓުނު އިރު ހަތަރު މީހަކު ތިބި: އާއިލާ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ޔުމްނުއަށް އިންސާފު ހޯދަން ގޮވާލާ ޒުވާނުން ކުރާ މުޒާހަރާ - ފޮޓޯ: އެކްސް

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މީޓާޒް ފުރާޅު މަތިން ފެނުނު ހައްވާ ޔުމްނު ރަޝީދު ހޭއެރުމަށް ފަހު ހިނގައިދިޔަ ގޮތް ކިޔައިދީފި ކަމަށް އާއިލާއިން މިރޭ ދެންމެ ބުނެފި އެވެ.

Ads by MPL

ޔުމްނު ހޭއެރީ މިދިޔަ އާދީއްތަ ދުވަހުގަ އެވެ. ޔުމްނުގެ ދައްތަ މިރޭ ލައިވް ވީޑިއޯގައި ވާހަކަ ދައްކަމުން ބުނީ ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދީފައިވާ ކަމަށެވެ.

ޔުމްނުއާ ހަވާލާދީ ދައްތަ ބުނީ އޭނާ ވެއްޓުނު ހ. ފެންޓެނޯއީއަކީ ޔުމްނު ދަންނަ ގެއެއް ނޫން ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

ޔުމްނު ދޭތެރެއަކުން އެ ގެއަށްދާ ކަމަށާއި، އެ ރޭ ދިޔައީ ޔޫސުފް ޔައްސާރު އަބްދުއްގަފޫރުގެ ދައުވަތަކަށް ކަމަށް ބުންޏެވެ.

ޔައްސާރަކީ ފޮރިން މިނިސްޓްރީގެ ކުރީގެ ބައިލޭޓަރަލް ސެކްރެޓަރީ ހާލާ ހަމީދުގެ ދަރިފުޅެވެ.

ޔުމްނު ވެއްޓުނީ އަމިއްލައަކަށް ނޫން ކަމަށް ބުންޏެވެ. އޭނާ ވެއްޓުނު އިރު ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުތަކުން ފެނުނު ފެންޓެނޯއީގައި ޔުމްނުއާއެކު އުޅުނު ރައުދުއާއި ޔައްސާރު އަދި އިތުރު ދެ މީހުނާއެކު ހަތަރު މީހުން ތިބި ކަމަށް ތުހުމަތުކުރި އެވެ.

މިއަށްވުރެ އިތުރަށް ތަފުސީލުކޮށް އެ ވާހަކަ ކިޔައެއް ނުދެ އެވެ.

ހ. ފެންްޓެނޯއީގެއަށް ރައުދުއާއެކު ދިޔުމުގެ ކުރިން ޔުމްނު ވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގޭގެ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ގޮސްފަ އެވެ.

މި މައްސަލަ ހޫނުވީ ފުލުހުން ހާދިސާގެ މައުލޫމާތު ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިން އިރު އަމީންގެ އާއިލީގެ މއ. މާންދޫދެކުނުގެ ނަން ހާމަނުކުރުމުންނެވެ. އަދި ޕާޓީގައި ތިބި މީހުންގެ ވަނަވަރު ވެސް ސިއްރުކޮށް، އެ މީހުން ކުޑަކަމުދާ ތަކެތި ދޭން ދެކޮޅު ހެދުމުން ފުލުހުން ފިޔަވަޅެއް ނޭޅުމުންނެވެ.

މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، ޒުވާނުންތަކެއް އިސްނަގައިގެން ކޮންމެ ރެއަކު މާލޭގައި މުޒާހަރާކުރަމުން ވެސް އެބަ ދެ އެވެ.

ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރާފައިވާ ކަމުގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް ރައީސް މުހައްމަދު މުއިއްޒު ވަނީ މި ކަން ބެލުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވާލައިފަ އެވެ.

Ads by HDC
  1. ޒަރީރު

    ތިވެސް އަޖައިބެއް. ދެންހަމަ އެއްވެސް ހެއްކެއް ނެތަސް ޔުމްނު ބުނާ ކޮންމެ އެއްޗެއް ގަބޫލުކުރަންވީބާ؟