ކާރިސާތަކާ ގުޅޭ އަވަސް އިންޒާރު ދިނުން ހަރުދަނާކުރަން މަޝްރޫއެއް

ގުދުރަތީ ކާރިސާތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭ މައުލޫމާތު އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް މީޓޮރޮލޮޖިކަލް ސާވިސާސްއިން "ތައްޔާރު" ނަމުގައި މަޝްރޫއެއް އިފްތިތާހުކޮށްފި އެވެ.
އެ މަޝްރޫއު އިފްތިތާހުކޮށްދެއްޓީ ޓޫރިޒަމް އަދި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.
މިއީ ޔޫއެންޑީޕީ މޯލްޑިވްސް އަދި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ) އާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ، "ތައްޔާރު" މަޝްރޫއަކީ ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ.
އަދި އެ މަޝްރޫއެއްގެ ސަބަބުން އަޅުގަނޑުމެންނަށް މޫސުމާ ގުޅޭ މުހިންމު މައުލޫމާތު އަވަހަށް ލިބި އެކަމަށް ތައްޔާރުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ މަޝްރޫޢުގެ ދަށުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޓެކްނިކަލް ގާބިލުކަން އިތުރުކޮށް، މޫސުމާ ގުޅޭ ޑޭޓާ އެއްކުރުމާއި ދިރާސާކުރުމުގެ ނިޒާމު ހަރުދަނާކުރާނެ އެވެ.
އަދި މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މޫސުމާ ގުޅޭ މައުލޫމާތު އެއްކުރާ މަރުކަޒުތައް ވެސް ގާއިމުކުރާނެ އެވެ.
