އެޑްވަޓޯރިއަލް ވިޔަފާރި

އެސްޓީއޯ ޖެނެރަލް ޓްރޭޑުން ބާޒާރަށް ތިން ޕްރޮމޯޝަނެއް ތައާރަފުކޮށްފި

. ، ދެން އޮންލައިން
އެސްޓީއޯ ޕީޕަލްސް ޗޮއިސް: އެސްޓީއޯ ޖެނެރަލް ޓްރޭޑުން ވަނީ ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ހާއްސަކޮށް ތިން ޕްރޮމޯޝަނެއް ތައާރަފުކޮށްފައި --

އެސްޓީއޯ ޖެނެރަލް ޓްރޭޑުގެ ފަރާތުން ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ތިން ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.

Ads by STELCO

އެސްޓީއޯ ޖެނެރަލް ޓްރޭޑުން މައުލޫމާތު ދޭ ގޮތުގައި މިއަދު ތައާރަފު ކުރެވުނު މި ޕްރޮމޯޝަންތަކަކީ ރެސްޓޯރަންޓާއި ކެފޭތަކަށާއި ކްރެޑިޓް އޮފާސްތަކަށާ އަދި އެޕާޓްމަންޓުތަކަށް ބަދަލުވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަންތަކެއް ކަމުގަ އެވެ.

ރެސްޓޯރަންޓާއި ކެފޭތަކަށް ހާއްސަ ޕްރޮމޯޝަން

ރެސްޓޯރަންޓް އަދި ކެފޭ ހިންގާ ފަރާތްތަކުން ޕްރޮމޯޝަނަށް ހާއްސަ ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށައެޅުމުން ތިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނުގެ ތެރެއިން ރެސްޓޯރަންޓް އަދި ކެފޭތަކަށް ހާއްސަ އަގުތަކެއް ވަނީ ކަނޑައަޅާފަ އެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުތަކުން ކުރާ ވިޔަފާރިތަކަށެވެ.

ތިން މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ވިޔަފާރިކުރާ 10 ފަރާތުގެ ތެރެއިން އެއް ވަނަ އިނާމަކަށް 150،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ލިބޭނެ އެވެ. ދެ ވަނަ އިނާމަކަށް 100،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ލިބޭއިރު، ތިން ވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ދޭނެ އެވެ. އޭގެ އިތުރުން ބާކީ ހަތް ފަރާތަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީއެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ އޮފާ

މި އޮފާ ނުވަތަ ޕްރޮމޯ ހާއްސަ ކޮށްފައި ވަނީ ހޯލްސޭލް ވިޔަފާރިތަކަށެވެ. އޮފާގެ ތެރޭގައި ޖެނެރަލް ޓްރޭޑުން ފަސޭހަ ކްރެޑިޓް ފެސިލިޓީ އަދި އެޖެންޓަކަށްވުމުގެ ފުރުސަތު ލިބޭނެ އެވެ.

ތިން މަސް ދުވަހުގެ ނިޔަލަށް ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުތަކުން ކުރާ ވިޔަފާރިތަކަށެވެ.

މި އޮފާގެ ތެރެއިން ކްރެޑިޓަށް މުދާ ނަގައިގެން އަދި އެޖެންޓުގެ ގޮތުގައި ވިޔަފާރިކޮށްގެން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ހާއްސަ އިނާމުތަކެއް ލިބޭނެ އެވެ. އެގޮތުން އެއް ވަނަ އިނާމަކަށް 100،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ އަދި ދެ ވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ލިބޭނެ އެވެ. ތިން ވަނަ އިނާމަކަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ހަމަޖެހިގެންދާނެ އެވެ.

އެޕާޓްމަންޓް އޮފާ

މި އޮފާ ހާއްސަ ކުރެވިފައި ވަނީ ހުޅުމާލެ އަދި މާލޭގައި ހަދަމުންދާ އެޕާޓްމަންޓުތަކަށް ބަދަލުވާ ފަރާތްތަކަށެވެ. އޮފާގައި ހިމެނޭނީ އެސްޓީއޯ ޖެނެރަލް ޓްރޭޑުން ވިއްކާ ހޯމް އެޕްލަޔަންސްގެ ބާވަތްތަކެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ.

ޖެނެރަލް ޓްރޭޑުން 15،000-25،000 ރުފިޔާ އާ ދެމެދު ވިޔަފާރިކުރާ ފަރާތްތަކަށް 12 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. އަދި 25،000-35،000 ރުފިޔާ އާ ދެމެދު ވިޔަފާރިކުރާ ފަރާތްތަކަށް 15 ޕަސެންޓް ޑިސްކައުންޓް ދޭނެ އެވެ. އޭގެ އިތުރުން 35،000 ރުފިޔާއިން މަތިން ވިޔަފާރިކުރާ ފަރާާތްތަކަށް 18 ޕަސެންޓް ޑިސްކައުންޓް ހަމަޖެހޭނެ އެވެ. އަދި ހިޓާޗީ އެއާކޮންޑިޝަނާއިން 2.5 ޕަސެންޓް ޑިސްކަންޓް ލިބޭނެ އެވެ.

ތަކެތި ގަންނަން އަންނައިރު، އެޕާޓްމަންޓް ލިބުނު ކަމުގެ ލިޔުން ގެންނަން ޖެހޭނެ ކަަމަށް އެސްޓީއޯ ޖެނެރަލް ޓްރޭޑުން މައުލޫމާތުދެ އެވެ. މި އޮފާ މި އަހަރު ނިމެންދެން ކުރިއަށް ގެންދާނެކަން ފާހަގަކުރި އެވެ.

Ads by HDC