Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ލިވަޕޫލުގެ ނައިބު ރައީސާއި ޑިރެކްޓަރު ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި

ލިވަޕޫލުގެ ނައިބު ރައީސާއި ޑިރެކްޓަރު ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި

ރާއްޖެ އިޝްތިހާރުކުރުމަށް ލިވަޕޫލާއެކު ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އެ ކްލަބުގެ ސީނިއާ ޓީމުގެ އޮފިޝަލް ގްރޫޕުން ރާއްޖެއަށް ކުރަމުން އަންނަ ޒިޔާރަތުގެ ތެރެއިން މިއަދު ގައުމީ ދާރުލްއާސާރަށް ޒިޔާރާތްކުރައްވައިފި އެވެ.

ސަރުކާރުން ބުނި ގޮތުގައި މިއަދު މެންދުރު ދާރުލްއާސާރަށް ޒިޔާރާތްކުރެއްވީ އެ ކްލަބުގެ ނައިބު ރައީސް ޑޭވިޑް ޕޯލް، އަދި ޑިރެކްޓަރު އެލެކްސް ފްރޭސަރު އެވެ. އެ ބޭފުޅުންނާއެކު އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ ޝިޢުރީ އިބްރާހީމް ޒިޔާރަތްކުރެއްވިއެވެ.

މި ޒިޔާރަތުގައި އެ ބޭފުޅުން ވަނީ ދާރުލްއާސާރުގައި ރައްކާކުރެވިފައިވާ ތަރިކަތައް ބައްލަވާލައްވާފައެވެ. އަދި ދާރުލްއާސާރުގެ ޓީމުން ވަނީ އެ ބޭފުޅުންނަށް ދާރުލްއާސާރު ދައްކައިލައި، ތަނުގައި ރައްކާތެރިކޮށްފައިވާ ތަކެއްޗާ ބެހޭ ތަފްސީލްތައް ހިއްސާކޮށްފައެވެ.

Advertisement
Ooredoo — Square (box)
ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓާ ލިވަޕޫލަކީ އިނގިރޭސިވިލާތުގެ ތާރީހުގައި ދުށް އެންމެ މޮޅު ކްލަބެވެ. އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ ލީގު އެންމެ ގިނައިން ހޯދީ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެވެ. އެއިން ކޮންމެ ކްލަބެއް 20 ފަހަރު ލީގު ހޯދާފައިވެ އެވެ. ޔޫރަޕުގައި ވެސް އެންމެ ކާމިޔާބު އިނގިރޭސި ކްލަބަކީ ލިވަޕޫލެވެ. ޔޫއެފާ ޗެމްޕިއަންސް ލީގު ލިވަޕޫލުން ހަ ފަހަރު ކާމިޔާބު ކުރި އިރު އެ އަދަދަށް ޗެމްޕިއަންސް ލީގު އެހެން އިނގިރޭސި ކްލަބަކަށް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް