ޚަބަރު

ޗޮކްލެޓެއް ވަގަށް ނެގުމުން 15 ދުވަހަށް ބަންދުކޮށްފި

. ، ދެން އޮންލައިން
ކްރިމިނަލް ކޯޓު ހިންގާ އިމާރާތް/ ފޮޓޯ: ދެން

މާލޭގެ ފިހާރައަކުން ޗޮކްލެޓެއް ވަގަށް ނެގި މީހަކު 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކޮށްފައިވާ ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ ހދ. ހަނިމާދޫ އަށް ނިސްބަތްވާ 37 އަހަރުގެ ފިރިހެނެކެވެ.

ކޯޓު އަމުރުގައިވާ ގޮތުން ރެޑްވޭވް ޕްލާޒާއިން ވައްކަންކުރި މީހަކު ހިފަހައްޓާފައި ހުރިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ފިހާރައަށް ދިޔުމުން، އޭނާ ފިހާރައަށް ގޮސް ފިހާރަ ހަރުން ސްކިނާ ބްރޭންޑުގެ 50 ގްރާމުގެ ޗޮކްލެޓެއް ވަގަށް ނަގައި، ޗޮކްލެޓް ކާލައިގެން އޭގެ ކަރުދާސްގަނޑު ޖީބަށްލީތަން އެވަގުތު ފިހާރައިގެ ކެމެރާ ފުޓޭޖުން ފެނުނެވެ.

އޭނާ ވަގަށް ނެގީ 14 ރުފިޔާ އަށް ދޭ ޗޮކްލެޓެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ގިނަ ދުވަސް ބަންދުނުކުރުމަށްވެސް ތުހުމަތުކުރެވޭ މީހާ އެދުނެވެ.

ފުލުހުން ކޯޓުގައި ބުނީ، އޭނާ އަކީ މި އަހަރު ތެރޭގައި 3 ފަހަރެއްގެ މަތިން ކުށުގެ ތުހުމަތުގައި ހައްޔަރަށް ގެންގޮސްފައިވާ މީހެއް ކަމަށެވެ. އޭގެ ތެރޭގައި ވައްކަމުގެ މައްސަލަވެސް ހިމެނޭ  އެވެ.

އޭނާގެ ބަންދަށް ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ 15 ދުވަސް ޖަހާފަ އެވެ.

Ads by Ooredoo