ޚަބަރު ސަރުކާރު

18 ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އަށާރަ ރަށެއްގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތައް އެޅުމަށް ތިން ކުންފުންޏަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ހެލްތު މިނިސްޓްރީ

އަށާރަ ރަށެއްގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތައް އިމާރާތް ކުރުމަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

Ads by MPL

ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ.

އެމްޓީސީސީ އާ ހަވާލުކުރި 5 ރަށަކީ:

  • ހއ. އުލިގަމުގެ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތްކުރުން
  • ހދ. ކުމުންދޫގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތްކުރުން
  • ރ. އިންނަމާދޫގެ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތްކުރުން
  • އދ. އޮމަދޫގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތްކުރުން
  • ދ. ހުޅުދެލީގެ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތްކުރުން

އެ ފަސް ރަށުގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތްކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ގާސިމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.

އާރުޑީސީ އާ ހަވާލުކުރި 4 ރަށަކީ:

  • ހއ. ފިއްލަދޫގެ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތްކުރުން
  • ރ. މީދޫގެ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތްކުރުން
  • މ. މުލަކުގެ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތްކުރުން
  • ގއ. ދާންދޫގެ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތްކުރުން

އެ ރަށްރަށުގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތްކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ގާސިމެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހް އަލީ އެވެ.

ފެނަކަ އާ ހަވާލުކުރި 9 ރަށަކީ:

  • ހއ. މުރައިދޫގެ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތްކުރުން
  • ހއ. ތަކަންދޫގެ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތްކުރުން
  • ހއ. މޮޅަދޫގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތްކުރުން
  • ހދ. ނޭކުރަންދޫގެ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތްކުރުން
  • ރ. ކިނޮޅަސްގެ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތްކުރުން
  • ރ. ފައިނުގެ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތްކުރުން
  • ރ. ރަސްމާދޫގެ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތްކުރުން
  • ރ. މަޑުއްވަރީގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތްކުރުން
  • ދ. ރިނބުދޫގެ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތްކުރުން

އެ ރަށްރަށުގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތްކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ. ފެނަކައިގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް ބައިވެރިވެވަޑައިގެންނެވި އެވެ.

  1. ޙުސައިން

    ފޮނަދޫ ހޮސްޕިޓަލު ކޮބާ