ޚަބަރު

އައިޖީއެމްއެޗުގައި ނަމްބަރު އައިނުގެ ވިޔަފާރި ފަށަނީ

. ، ދެން އޮންލައިން
ރައީސް މުއިއްޒު އައިޖީއެމްޗަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ނަންބަރު އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.

Ads by MPL

އާސަންދައިގެ ދަށުން އައިނު ހައްދަން ދޭ އަދަދު އަންނަ މަހުން ފެށިގެން 2000 ރުފިޔާ އަށް ބޮޑުކުރަން ނިންމާފައިވާކަން ރައީސް މުއިއްޒު ވަނީ ބުރާސްފަތި ދުވަހު އިއުލާންކުރައްވާފަ އެވެ.

އެކަމާއި ގުޅޭ ގޮތުން ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު އެކަން ނިންމެވީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިވަޑައިގަންނަވާފައިވާތީ، އެއާއިގުޅިގެން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ކަމަށެވެ.

އަދި އައިޖީއެމްއެޗް އަދި ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފެށުމަށް ނިންމެވީ އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކުރުމުން، އެއަގުގައި ދަށް ފެންވަރުގެ އައިނު ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމުން އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތު ނުދިނުމަށް ކަމުގައި ރައީސް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި އައިނު ބިޒްނަޒް ފަށާނަން، ޕްރައިވެޓް ސެކްޓާގައި އައިނު ވިޔަފާރިކުރާ މީހުން ކިތަންމެ ހިތްހަމަ ނުޖެހުނަސް އަޅުގަނޑަށް މައްސަލައެއް ނެތް އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަންދިނުމުގެ އާދަ މިގައުމުން ފިލުވާލަން. އެހެންވެގެން ސިނގިރޭޓް ބިޒްނަސްވެސް ރާއްޖެއިން ހުއްޓާލާފައި އެހެންކަމަކަށް ވަޑައިގަންނަވާށޭ ދެންނެވީ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ސިއްހަތު

ރައީސަށް އެންމެ މުހިންމު ދެވަނަ ސިޔާސަތަކީ ސިއްހީ ދާއިރާ ތަރައްޤީކުރުންކަމުގައި ފާހަގަކުރައްވައި، މި ސަރުކާރުން ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލެއްވި އެވެ.

ހަމަ އެއާއެކު، ސިއްހީ ދާއިރާ ރަނގަޅުކުރުމަކީ ހަމަ ހުރިހާ ކަމަކާ ގުޅިލާމެހިފައިވާ ކަމެއް ކަމަށާއި، އެހެންކަމުން މި ސަރުކާރުން އިންސާނީ ވަސީލަތް އިތުރުކުރުމާއި އުމްރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން އެދާއިރާ ތަރައްގީކުރުމަށް އިސްކަންދެއްވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

Ads by Ooredoo