ކޯލީގެ ދަށް ކުޅުމަށް ކޮމެންޓޭޓަރުގެ ފާޑުކިޔުން: "ލޮކްޑައުންގައި ކޯލީ ޕްރެކްޓިސް ކުރީ އަނުޝްކާގެ ބޯލިންއަށް އެކަނި"

ޔޫއޭއީގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ލީގު ، އިންޑިއާ ޕްރިމިއާ ލީގުގައި ރޯޔަލް ޗެލެންޖާސް ބެންގަލޯ ޓީމުން އެންމެ ފަހުން ކުޅުނު މެޗުގައި ކެޕްޓަން ވިރާތު ކޯލީ ދެއްކި ދަށް ކުޅުމަށް ކޮމެންޓޭޓަރ ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.
އިންޑިއާގެ ގައުމީ ޓީމުގެ ވެސް ކެޕްޓަން ވިރާތު ކޯލީގެ ރޯޔަލް ޗެލެންޖާސް ބެންގަލޯ ޓީމު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޕަންޖާބު ކިންގްސްއާ ދެކޮޅަށް ކުޅެ 97 ލަނޑުން ބަލިވެފައެވެ.
މި މެޗުގައި ވިރާތުު ކޯލީ ދެއްކި ދަށް ކުޅުމަށް ކޮމެންޓޭޓަރ އަދި އިންޑިއާގެ ކުރީގެ ގައުމީ ކުރިކެޓް ކުޅުންތެރިޔާ ސުނިލް ގަވަސްކަރު ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން "ލޮކްޑައުންގައި ކޯލީ ޕްރެކްޓިސްކުރީ އަނުޝްކާ އުކި ބޯޅަތަކަށް އެކަނި ކަމަށް" ބުނުމުން ކޯލީގެ އަނބިމީހާ އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާއާއި އޭނާގެ ސަޕޯޓަރުން ވަނީ ހިތްހަމަ ނުޖެހި ރުޅި ގަދަވެފައެވެ.
ގަވަސްކަރު މިފަދައިން ފާޑު ކިޔާފައިވާއިރު ލޮކްޑައުންގެ ދުވަސްވަރު އަނުޝްކާއާާއި ވިރާތު ގޭގައި ކުރިކެޓް ކުޅޭ މަންޒަރު އެމީހުން ވަނީ އާންމު ކޮށްފައެވެ.
އަނުޝްކާ އާއި ވިރާތު ކޯލީ މިހާރު ދަނީ އެމީހުންގެ އަލަތު ދަރިފުޅަށް އިންތިޒާރު ކުރަމުންނެވެ. އެގޮތުން އަނުޝްކާ ބަލިިވެއިންކަން އޭނާ ވަނީ ފޭނުންނާ ހިއްސާކޮށްފައެވެ.