ޚަބަރު

ޓެކްނިކަލް މައްސަލައެއް ދިމާވެ ފުނަދޫ އެއާޕޯޓަށް ދަތުރުތައް މެދުކަނޑާލައިފި

. ، ދެން އޮންލައިން
މޯލްޑިވިއަންގެ ފްލައިޓެއް.. ދެން އިމޭޖްސް

ގައުމީ އެއާލައިން މޯލްޑިވިއަން އިން ށ. ފުނަދޫ އެއާޕޯޓަށްކުރާ ދަތުރުތައް މެދުކަނޑާލައިފި އެވެ.

Ads by MPL

މޯލްޑިވިއަނުން "އެކްސް'' ގައި ހިއްސާކުރި ބަޔާނެއްގައި ބުނީ، ފުނަދޫ އެއާޕޯޓަށް މިއަދު ޝެޑިއުލް ކޮށްފައިވާ ދަތުރުތައް މެދުކަނޑާލީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އަދި މިއަދު މޯލްޑިވިއަނުން ދަތުރުކުރަން ޓިކެޓް ނެގި ކަސްޓަމަރުންނަށް އިތުރު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަނުން ކޮންމެ ހަފްތާއަކު 3 ދުވަހު ފުނަދޫ އެއާޕޯޓަށް ދަތުރުތައް ކުރެ އެވެ.

Ads by Ooredoo