ޚަބަރު

ސްޓެލްކޯއިން ހިންމަފުއްޓަށް 500 ކިލޮވޮޓުގެ އާ ޖެނެރޭޓަރެއް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ސްޓެލްކޯއިން ހިންމަފުއްޓަށް ފޮނުވި 500 ކިލޮވޮޓުގެ އާ ޖެނެރޭޓަރު ސެޓް: ކޮމިޝަންކޮށް، މިހާރު ވަނީ ބޭނުން ކުރަން ފަށާފައި / ފޮޓޯ:ސްޓެލްކޯ

ކ. ހިންމަފުށީގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް އެ ރަށަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފޮނުވި 500 ކިލޮވޮޓުގެ އާ ޖެނެރޭޓަރު ސެޓުގެ ބޭނުން ކުރަން ފަށައިފި އެވެ.

Ads by MPL

ސްޓެލްކޯއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ހިންމަފުށީގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ޓަކައި އާ ޖެނެރޭޓަރު ސެޓެއް ފޮނުވާފައިވާ ކަމަށެވެ.

އެ ކުންފުނިން އެ ރަށަށް ފޮނުވީ 500 ކިލޮވޮޓުގެ ޖެނެރޭޓަރު ސެޓެކެވެ. އެ ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި އާ ޖެނެރޭޓަރު ސެޓާ އެކު، ހިންމަފުށީގެ ޖެނެރޭޝަން ކެޕޭސިޓީ 2،414 ކިލޮވޮޓަށް އިތުރުކުރެވިފައިވާ ކަމުގަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!