ޚަބަރު ސަރުކާރު

މި އަހަރުގެ ފުރަތަމަ ހަތަރު މަހު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 3.5 މިލިއަން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 3.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފި އެވެ.

Ads by STELCO

ރާއްޖޭގެ ޒަކާތު ހައުސްއިން ވަނީ ފުރަތަމަ ހަތަރު މަހުގެ ތަފާސް ހިސާބުތައް ހާމަކޮށް ރިޕޯޓުތަކެއް ނެރެފަ އެވެ.

އެ ރިޕޯޓުތައް ދައްކާ ގޮތުން ޖެނުއަރީ މަހު ޒަކާތު ފަންޑުން 102 މީހެއްގެ ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އެހީގެ ގޮތުގައި ހަމަޖެހިފައިވާ 1.5 މިލިއަން ރުފިޔާގެ ތެރެއިން އެ މަހު ހަރަދު ކޮށްފައި ވަނީ 761،287 ރުފިޔާ އެވެ.

ޖެނުއަރީ މަހު ބޭސްފަރުވާއަށް ދޫކުރެވުނު އެހީ:

  • ޓްރާންސްޕްލާންޓް - 405،493.11 ރުފިޔާ
  • ކެންސަރު - 199،303.50 ރުފިޔާ
  • ޕުއްޕާމޭގެ ބަލިތަކަށް - 90،000 ރުފިޔާ
  • ހިތުގެ ބަލިތަކަށް - 56،007.24 ރުފިޔާ
  • ކިޑްނީގެ ބަލިތަކަށް - 42،405 ރުފިޔާ
  • ސިކުނޑީގެ ބަލިތަކަށް - 16،962 ރުފިޔާ
  • އެހެނިހެން ބަލިތަކަށް - 699،737.21 ރުފިޔާ

ޒަކާތު ފަންޑުން ފެބްރުއަރީ މަހު 89 މީހަކަށް ބޭސްފަރުވާގެ އެހީ ވަނީ ހަމަޖައްސައިދީފަ އެވެ. އެ މަހު އެހީއަށް ހޭދަކޮށްފައި ވަނީ އެކަމަށް ހަމަޖެހުނު 853،100 ރުފިޔާގެ ތެރެއިން 759،128 ރުފިޔާ އެވެ.

ފެބްރުއަރީ މަހު ބޭސްފަރުވާއަށް ދޫކުރެވުނު އެހީ:

  • ކެންސަރު - 195،063 ރުފިޔާ
  • ކިޑްނީގެ ބަލިތަކަށް - 90،592.50 ރުފިޔާ
  • ހިތުގެ ބަލިތަކަށް - 33،924 ރުފިޔާ
  • ޓްރާންސްޕްލާންޓް - 25،443 ރުފިޔާ
  • ސިކުނޑީގެ ބަލިތަކަށް - 12،721.50 ރުފިޔާ
  • އެހެނިހެން ބަލިތަކަށް - 495،356 ރުފިޔާ

ޒަކާތު ހައުސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މާޗް މަހު 68 މީހެއްގެ ބޭސް ފަރުވާއަށް 847،278.50 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެހީގެ ގޮތުގައި ދިނުމަށް އެ މަހު 2.2 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ.

މާޗް މަހު ބޭސްފަރުވާއަށް ދޫކުރެވުނު އެހީ:

  • ކެންސަރު - 829،042.42 ރުފިޔާ
  • ސިކުނޑީގެ ބަލިތަކަށް - 278،670.24 ރުފިޔާ
  • ކިޑްނީގެ ބަލިތަކަށް - 85،581 ރުފިޔާ
  • ހިތުގެ ބަލިތަކަށް - 25،443 ރުފިޔާ
  • ޕުއްޕާމޭގެ ބަލިތަކަށް - 22،157 ރުފިޔާ
  • އެހެނިހެން ބަލިތަކަށް - 985،629.35 ރުފިޔާ

އެޕްރީލް މަހު އެ ފަންޑުން 1.7 މިލިއަން ރުފިޔާ ބޭސް ފަރުވާއަށް ހަމަޖައްސައިދިނެވެ. އެހީގެ ގޮތުގައި 111 މީހަކަށް 1.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

އެޕްރީލް މަހު ބޭސްފަރުވާއަށް ދޫކުރެވުނު އެހީ:

  • ސިކުނޑީގެ ބަލިތަކަށް - 506،458.64 ރުފިޔާ
  • ކެންސަރު - 301،075.50 ރުފިޔާ
  • ހިތުގެ ބަލިތަކަށް - 54،240.50 ރުފިޔާ
  • ޓްރާންސްޕްލާންޓް - 50،886 ރުފިޔާ
  • ކިޑްނީގެ ބަލިތަކަށް - 40،324 ރުފިޔާ
  • އެހެނިހެން ބަލިތަކަށް - 772،646.87 ރުފިޔާ

ފުރަތަމަ ހަތަރު މަހު ހާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހުނު ފަރާތްތަކަށް ޒަރޫރީ އެހީގެ ގޮތުގައި 66،000 އަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ގުރްއާން ހިތުދަސް ކުރުމާއި ގުރްއާނުގެ އިލްމު ފެތުރުމަށް ފީސަބީލިﷲ ބައިން 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ދީނީ އެކިއެކި ޕްރޮގްރާމުތައް ހިންގުމަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރި އެވެ.

އޭގެ އިތުރުން ޒަކާތުގެ މަސައްކަތް ކުރުމަށް ޒަކާތު ފަންޑުން މުސާރަ ދޭ ގޮތަށް ނަގާފައިވާ މުވައްޒަފުންނަށް މުސާރަ ދިނުމަށް އާމިލުންގެ ބައިން 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

Ads by Ooredoo