ޚަބަރު

: ޗައިނާގެ އިނާމުގެ އޮފަރަކުން ބިރުނުގަންނާނެކަމަށް ޓައިވާނުގެ ސައިބަރ ޔުނިޓުން ބުނެފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާނުގެ ސައިބަރ ސެކިއުރިޓީ ޔުނިޓުން ބުނެފައިވަނީ ޗައިނާއިން އެ ޔުނިޓުގެ މުވައްޒަފުންނަށް އަމާޒުކޮށް ހުށަހަޅާފައިވާ އިނާމުގެ އޮފަރަކުން އެ ޔުނިޓު ބިރުނުގަންނާނެ ކަމަށެވެ. މި ބަޔާން ނެރެފައިވަނީ ޗައިނާގެ ސަރުކާރުން ޓައިވާނުގެ ސައިބަރ ސެކިއުރިޓީ ޔުނިޓުގެ މުވައްޒަފުންނަށް އަމާޒުކޮށް އިނާމެއް ހުށަހެޅުމަށްފަހުއެވެ.

Ads by STELCO

ޓައިވާނުގެ ޑިޖިޓަލް މިނިސްޓްރީގެ ދަށުން ހިންގާ ސައިބަރ ސެކިއުރިޓީ ޑިޕާޓްމަންޓުން ބުނެފައިވަނީ އެ ޔުނިޓުގެ މުވައްޒަފުން ވަރަށް ޕްރޮފެޝަނަލް ކަމަށާއި، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ޗައިނާގެ މި ފިޔަވަޅަކީ ޓައިވާނުގެ ސަރުކާރުގެ މުވައްޒަފުންނަށް ނުފޫޒު ފޯރުވުމަށް އަޅާ ފިޔަވަޅެއް ކަމަށް ވެސް އެ ޔުނިޓުން ބުނެފައިވެއެވެ.

ޗައިނާގެ ސަރުކާރުން މި އިނާމު ހުށަހަޅާފައިވަނީ ޓައިވާނުގެ ސައިބަރ ސެކިއުރިޓީ ޔުނިޓުގެ މުވައްޒަފުންގެ ތެރެއިން މަޢުލޫމާތު ހޯދުމަށް ކަމަށް ބެލެވެއެވެ. ނަމަވެސް ޓައިވާނުގެ ސަރުކާރުން ވަނީ މި ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެފަދަ ފިޔަވަޅުތަކަކީ ދެ ޤައުމުގެ ގުޅުމަށް އިތުރު ގެއްލުން ލިބިދާނެ ކަމެއް ކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ ޤައުމުތަކުން ގޮވާލާފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތްކުރުމަށެވެ.

ޓައިވާނާއި ޗައިނާގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. ޗައިނާއިން ބުނަމުންދަނީ ޓައިވާނަކީ އެ ޤައުމުގެ ބައެއް ކަމަށެވެ. ނަމަވެސް ޓައިވާނުން ބުނަނީ އެއީ މިނިވަން ޤައުމެއް ކަމަށެވެ. މި ދެ ޤައުމުގެ ދެމެދުގައި އޮތް ވާދަވެރިކަން އިތުރުވަމުންދާ ކަމަށް ބައިނަލްއަޤްިނަލްއަޤްވާމީ މުޖުތަމަޢުން ފާހަގަކުރަމުންދެއެވެ.