އެންޓި ސްކޭމްގެ ބައިނަލްއަގުވާމީ އޮޕަރޭޝަނެއްގައި އެންމެ ގިނަ ފައިސާ އަނބުރާ ހޯދީ ރާއްޖެއިން

ސްކޭމްގެ މައްސަލަތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވެ، އެންމެ ގިނަ ފައިސާ އަނބުރާ ހޯދި ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.
ފުލުހުން ބުނީ މިދިޔަ އޭޕްރީލް މަހުގެ 28 އިން މެއި މަހުގެ 28 ވަނަ ދުވަހަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ފުރަތަމަ ފްރޮންޓިއާ ޕްލަސް އޮޕަރޭޝަނުގައި ހަތް ގައުމަކުން ބައިވެރިވި ކަމަށެވެ. ގިނަ ގައުމުތަކެއްގެ އެންޓި ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ދިވެހި ފުލުހުން މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރި އެވެ.
ފްރޮންޓިއާ ޕްލަސް ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި ސްކޭމް ކޮމާންޑުގެ އިސްނެގުމުގެ ދަށުން އުފެދުނު ނެޓްވޯކެކެވެ. ނެޓްވޯކުގައި ސިންގަޕޫރު، އޮސްޓްރޭލިއާ، ކެނެޑާ، ހޮންކޮން، ތައިލެންޑް، ކޮރެއާ، މެލޭޝިއާ، އިންޑޮނޭޝިއާ، މަކާއޯ އަދި ރާއްޖެ ހިމެނެ އެވެ.
މި ނެޓްވޯކުގެ ބޭނުމަކީ އޮޅުވާލައިގެން ހިންގާ މާލީ މުއާމަލާތްތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމާއި އިންޓެލިޖެންސް ހިއްސާ ކުރުމާއި ސްކޭމް ހުއްޓުވުމަށާއި ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމުކުރުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އޮޕަރޭޝަން ފްރޮންޓިއާ ޕްލަސްގެ މައުލޫމާތު ހިއްސާކުރުމަށް މި މަހުގެ ތިން ވަނަ ދުވަހު ހޮންކޮންގްގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަ އޮފް ޕޮލިސް އާދަމް ނަވީދު އަދި ސްކޭމް އިންވެސްޓިގޭޝަނުގެ ހެޑް އިންސްޕެކްޓަ އޮފް ޕޮލިސް ޝާމް މުހައްމަދު ބައިވެރިވެވަޑައިގެންނެވި ކަމުގަ އެވެ.
[caption id="attachment_286718" align="alignnone" width="1024"]<img class="wp-image-286718 size-large" src="https://cdn.dhen.mv/wp-content/uploads/2025/06/Whats_App_Image_2025_06_12_at_22_11_49_a461435afb-1024x780.jpg" alt="" width="1024" height="780" /> އޮޕަރޭޝަން ފްރޮންޓިއާ ޕްލަސްގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި ދިވެހި ފުލުހުން / ފޮޓޯ:ފުލުހުން[/caption]
ފްރޮންޓިއާ ޕްލަސް އޮޕަރޭޝަނުގެ މުއްދަތުގައި ރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަތަކުގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 640,000 ރުފިޔާ އަނބުރާ ހޯދިފައިވާކަން ފާހަގަކުރި އެވެ.
ފުލުހުން ބުނީ 21 އިންސައްތައިގެ އެ ރިކަވަރީ ރޭޓަކީ އޮޕަރޭޝަނުގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓު ކަމަށެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ މުހިންމުކަން މި އޮޕަރޭޝަނުން ފާހަގަކުރެވުނު ކަމަށާ އަދި ކުރިއަށް އޮތްތަނުގައި މިފަދަ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށް ބައިވެރިވި ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.
އިތުރަށް ބުނި ގޮތުގައި ފްރޮންޓިއާ ޕްލަސް ނެޓްވޯކުގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމުގަ އެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއް ކަމުގަ އެވެ.




.jpeg?prefix=media)


ކޮމެންޓް