މުނިފޫހިފިލުވުން

މެނޭޖަރު އަތުން މަސްތުވާތަކެތި ހޯދަން އެހިކަމަށް ދީޕިކާ އެއްބަސްވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަޑުކޯން، އޭނާގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝް އަތުން މަސްތުވާތަކެތި ހޯދަން އެހިކަމަށް އޭނާ އެއްބަސްވެއްޖެއެވެ.

Ads by STELCO

"ރިޕަބްލިކް" ގެ ރިޕޯޓަރުން ބުނެފައި ވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރުކުރީ މިއަދު ހެނދުނު 10:00 ގައި ކަމަށާއި އޭނާއާއި ސުވާލުކުރީ މެނޭޖަރު ވެސް ކުރިމަތީގައި ބައިންދައިގެން ދެމީހުންނާއި އެއްކޮށް ކަމަށެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މެނޭޖަރުން އަތުން "އެތިކޮޅެއް" (ހޭޝް) ހޯދަން އެހިކަމަށް ދީޕިކާ މިހާރު އެއްބަސްވެއްޖެ ކަމަށް އެންސީބީ ގެ އޮފިޝަލުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

ސުޝާންތު ސިންގް ރާޖްޕޫތު މަރުވުމުން ހިންގި ތަހުގީގުގައި، މަސްތުވާތަކެތީގެ މައްސަލަތަކެއް ފެންމަތިވެ ގިނަ ތަރިންތަކެއްގެ މައްޗަށް މަސްތުވާ ތަކެތި ބޭނުންކުރި ކަމުގެ ތުހުމަތު ވެސް ވަނީ އުފުލިފައެވެ.

އެގޮތުން މިމައްސަލައިގައި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ހައްޔަރު ކޮށްފައިވާއިރު، ޖަޔާ ނަމަކަށް ކިޔާ މީހަކު ވެސް މިކަމުގައި އުޅޭކަން އޭނާގެ ފޯނުން ވަނީ ދެނެގަނެވިފައެވެ. ޖަޔާގެ ފޯނުން އެންސީބީ އަށް ހޯދުނީ ދީޕިކާ އާއި ކަރިޝްމާ އިންނަ ވެޓްސްއެޕް ގްރޫޕެކެވެ. އެގްރޫޕުގައި ދީޕިކާ ވަނީ "އެތިކޮޅެއް" ހޯދަން އޭނާގެ މެނޭޖަރު ގާތު އަހާފައެވެ.

ދީޕިކާ ފަދަ ނަން މަޝްހޫރު އެކްޓަރެއް އެފަދަ ޢަމަލެއް ކޮށްފާނެ ކަމަށް ގިނަ ބަޔަކަށް ޤަބޫލުކުރަން ދަތިވެ، އޭނާގެ ފޯނު އެހެން މީހަކު ގެންގުޅުނީ ކަމަށް ވެސް ބުނަމުން ދިޔައެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެ ޗެޓް ހިމެނޭ ގްރޫޕުގެ އެޑްމިނަކީ ވެސް ދީޕިކާ ކަމެވެ.

މީގެ ތިން އަހަރު ކުރިން ދައްކާފައި ހުރި މިވާހަކަތަކުން ހާމަވާ ގޮތުގައި، ދީޕިކާ ބޭނުން ވަނީ ވީޑް ނޫން ކަމާއި ހޭޝް ކަމަށް ވެސް ބުނެފައިވެއެވެ. އެޗެޓުގައި ދީޕިކާގެ ސްޓައިލިސްޓް ޝަލީނާ ނަތާނީ ގެ ނަން ވެސް އައިސްފައިވެއެވެ.

އިންޑިއާގެ ރިޕޯޓުތަކުން ބުނާގޮތުގައި ދީޕިކާ އަދިވެސް ވީ އެންސީބީގެ އެތެރޭގައެވެ.

Ads by HDC
  1. މީނަންމާ

    ކަހާންސޭޭ
    ޚަރީދްރަހީހޭޭ
    ޢެއިސޭޭ
    ބަކްވާސްް ނިއުސް
    އާޕް