ލައިފްސްޓައިލް

ފިރިމީހާއަށް މިޔަރެއް ހަމަލާ ދިނުމުން ސަލާމަތް ކުރީ އޭނާގެ މާބަނޑު އަނބިމީހާ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިވާހަކައަކީ މާބަނޑު އަންހެނަކު އޭނަގެ ލޯބިވާ ފިރިމީހާ ސަލާމަތް ކުރި ގޮތުގެ ވާހަކައެވެ. އިނގިރޭސި ވިލާތުގައި ދިރިއުޅެމުންދާ މި ދެމަފިރިންނަކީ ވަރަށް ލޯބިން ދިރިއުޅޭ ދެމަފިރިންނެވެ.

Ads by Sosun Fihaara

އާދިއްތަ ދުވަހެއްގައި މިދެމަފިރިންގެ ކުޑަ ކުޑަ އާއިލާ އެއްކޮށް މޫދަށް އެރިލުމަށްޓަކައި، ކުޑަ ދޯންޏެއްގައި މޫދަށް ދިޔައެވެ. ކުއްލިއަކަށް ފިރިހެން މީހާގެ ކޮނޑުގައި މިޔަރެއް ދަތް އެޅުމަށްފަހު މޫދަށް ދަމައިގަތެވެ. ދޯނީގަ އިނީ އޭނަގެ މާބަނޑު އަނބިމީހާއާއި، އޭނަގެ އާއިލާ ދެތިން މީހެކެވެ.

މޫދުން ފެންނަން ހުރީ އޭނަގެ ފިރިމީހާގެ ގައިން ތަތްތެޅިފައިވާ ލޭތަކެވެ. އެވަގުތު އެ ފިރިހެންމީހާގެ މާބަނޑު އަންހެން މީހާ ބަލާކަށް ނުހުރެ ފުންމާލީ މޫދަށެވެ. އޭނަގެ ލޯބިވާ ފިރިމީހާ ސަލާމަތް ކުރަން ނަފްސު ގުރުބާން ވިޔަސް ހެޔޮ ކަމަށް ނިންމާ ބަނޑުގައިވާ ދަރިފުޅުގެ ހައްގުގައެވެ.

މޫދަށް ފުންމާލުމަށް ފަހު މިޔަރުތަކުގެ ތެރެއިން ފިރިމީހާ މަޑުމަޑުން ދަމަމުން ގެންގޮސް އެއްގަމަށް އެރުވީ ވެސް އެ އަންހެން މީހާއެވެ.

އެއްގަމަށް އެރުމާއެކު ސިއްހީ މާހިރުން އޭނަގެ ފިރިމީހާ ބެލުމަށް މަސައްކަތް ފަށައިގަތެވެ. އާއިލާގެ ބާކީ ތިބި މީހުން ދޯނީގައި އައިސް ލަފައިފިއެވެ. ޚަބަރުތަކަށް މައުލޫމާތު ލިބޭ ގޮތުހައި އެ މިޔަރު ގައި 9 ފޫޓުގެ ދިގުމިން ހުންނާ ކަމަށް ލަފާ ކުރެވެއެވެ. ފިރިހެން މީހާގެ ކޮނޑުގައި ފުދޭ ވަރަކަށް ބޮޑަށް އެ މިޔަރު ދަތް އަޅާފައިވީ ނަމަވެސް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ވެސް ޚަބަރުތަކުން މައުލޫމާތު ލިބެއެވެ.

އާދޭހެވެ. މިއީ އިނގިރޭސި ވިލާތުގައި މާބަނޑު އަންހެނެއް އޭނަގެ ލޯބިވާ ފިރިމީހާ މިޔަރެއްގެ ކިބައިން ސަލާމަތް ކުރި ގޮތުގެ ވާހަކައެވެ. ލޯބީގެ ލާމަސީލު ނަމޫނާއެކެވެ. އަދި މި ހާދިސާގައި އެ އަންހެން މީހާ، އަދި ބަނޑުގައިވާ ދަރިފުޅަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެ ދެމައިންގެ ހާލު ވެސް ރަނގަޅެވެ.

Ads by HDC
  1. ކަނޑުމަތި

    ކަނޑުތަކުގައި އުޅޭ ހުރިހާ މިޔަރުތަކަށް ވެކްސިނެއް ދޭންވީ މީހުންގައިގާ ދަތް އަޅާ އަދި ކުޑަކުދީންނަށް ބިރު ނުދައްކާ ކަހަލަ.