ޚަބަރު

މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު އިމާމުންނަށް ދެނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މޮރޮކޯގެ ނޮން ރެސިޑެންޓް އެމްބެސެޑަރު މުހައްމަދު މަލިކީ މިނިސްޓަރު ޝަހީމްއާއެކު--

މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު އިމާމުންނަށް ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

Ads by MPL

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މޮރޮކޯ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ހަމަޖެހުނު ފުރުސަތެއް ކަމަށެެވެ.

އެގޮތުން މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ އިމާމުންނަށް ލިބިފައިވާކަން މޮރޮކޯ ސަރުކާރުން ރަސްމީކޮށް މިހާރު އަންގާފައިވާ ކަމަށާއި އެކަމާ ގުޅޭ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިމާމުންނަށް އަރަބި ބަސް ކިޔަވައިދޭން މޮރޮކޯގައި ގާއިމުކޮށްފައިވާ ހާއްސަ އިންސްޓިއުޓަކީ އެ ގައުމުގެ ރަސްގެފާނުގެ ހާއްސަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިއުޓެއް ކަމަށާއި އެ ތަނުގައި ކިޔަވަން ތިބޭ މުއްދަތުގައި ޕޮކެޓްމަނީ ވެސް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.

Ads by HDC