ޚަބަރު

ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ސުކޫކް އަގު މަތިވެއްޖެ

. ، ދެން އޮންލައިން
ފިނޭންސުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: މިނިސްޓްރީ

އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވެ، ސަރުކާރުގެ މާލީ ހިންގުމުގެ ކާމިޔާބީއާ އެކު، ފާއިތުވި މަސްތަކުގައި ރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

Ads by STELCO

ފިނޭންސުން ބުނީ ރާއްޖޭގެ އިގްތިސާދަށް ބައިނަލްއަގްވާމީ ބާޒާރުގެ އިތުބާރު ހުރި މިންވަރު ދައްކައިދޭ ސުކޫކް 07 ޖުލައި 2025 ގައި 87.44 އެމެރިކާ ޑޮލަރަށް ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅު ހުރި 64.72 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

ސްކޫކްގެ އަގު މައްޗަށް ދިއުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ރާއްޖޭގެ އިގްތިސާދީ އަސާސްތައް ހަރުދަނާ ކުރުމަށް ގެންގުޅޭ އުސޫލު ދައްކައިދޭ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ދިވެހި ސަރުކާރުން މިފަހުން އަޅާފައިވާ އުންމީދީ މުހިންމު ފިޔަވަޅުތަކެއް ފާހަގަކޮށްފައިވެ އެވެ. މާޗް 2025 ގައި ސަރުކާރުން ވަނީ އަމިއްލަ ކްރެޑިޓަރަކަށް ބޮޑު ރިޕޭމަންޓެއް ދައްކައިފަ އެވެ. އޭގެ ފަހުން އޭޕްރީލް 2025 ގައި ސުކޫކް ކޫޕަން ޕޭމަންޓްވެސް ދައްކައިފައިވެ އެވެ.

މީގެ އިތުރުން، ހަރުދަނާ އަދި އެއްބާރުލުންދޭ ބައިނަލްއަގްވާމީ ޕާޓްނާޝިޕްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއެކު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ރީފައިނޭންސިން ޕެކޭޖެއް ހަމަޖެއްސުމުގައި މުހިންމު ބައިލެޓަރަލް ޕާޓްނަރުންނާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސުން ބުނީ ސުކޫކްގެ އަގު ބޮޑުވުމަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާއި ދުނިޔޭގެ މާލީ މުޖުތަމައުއާ ގުޅިގެން ކުރާ މަސައްކަތުގެ ހެޔޮ އަސަރު ކަށަވަރުކޮށްދޭ ބައިނަލްއަގްވާމީ ބާޒާރުން ލިބުނު އިތުބާރުގެ ސާފު ވޯޓެއް ކަމަށެވެ.

Ads by HDC