ޚަބަރު

ތައިސޭކޮށި މިއުޒިކް އާޓިސްޓުންނަށް ކުއްޔަށް ދޫކުރަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ އޮފީސް ހުންނަ ތައިސޭކޮށީގެ ގޯތި ތެރޭގައި ދާދި ފަހުން ސާފުކޮށްފައިވާ ސަރަހައްދު މިއުޒިކް އާޓިސްޓުންނަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމައިފި އެވެ.

Ads by STELCO

ކައުންސިލުން އެ ގޮތަށް ނިންމީ އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

ތައިސޭކޮށި ކުއްޔަށް ދޫކުރަނީ މާލެ ސިޓީ ކައުންސިލްގެ ސީއެސްއާރުގެ ދަށުންނެވެ. އެ ގޮތުން އެ ތަނުގައި ޓިކެޓު ވިއްކައިގެން ޝޯ ބާއްވާ ނަމަ، ޓިކެޓުން ލިބޭ އާމްދަނީން ކައުންސިލަށް ބައެއް ލިބޭ ގޮތަށް ހެދުމަށް ނިންމި އެވެ.

ތައިސޭކޮށީގެ ގޯތި ތެރޭގައި މާލެ ސިޓީ ކައުންސިލްގެ ގިނަ އޮފީސްތަކެއް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ. މިހާރު މަސައްކަތް ފެށިގެން ކުރިއަށްދާ މާލެ ސިޓީ ކައުންސިލްގެ އާ ޢިމާރާތް އަޅަނީ ވެސް ތައިސޭ ކޮށީގެ އިރުމަތި ފަރާތުގައިވާ ހުސް ބިމުގައެވެ.

Ads by Allied Insurance