ޚަބަރު

ބާޒާރުގައި ފިޔާ މަދުވުމުން އެސްޓީއޯއިން ފިޔާ ގެންނަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފިޔާ ބަސްތާތަކެއް، - ފޮޓޯ: އަވަސް

ބާޒާރުގައި ފިޔާ މަދުވުމުން އެސްޓީއޯއިން ފިޔާ ގެންނަން ނިންމައިފި އެވެ.

އެސްޓީއޯއިން އާންމުކޮށް ފިޔާގެ ޝިޕްމަންޓް ދުރާލައި ގެންނަނީ ރޯދަ މަހާ ދިމާކޮށެވެ. އެހެން ނޫނީ ފިޔާގެ ޝިޕްމަންޓުތައް ގެންނަނީ ޕްރައިވެޓް ކުންފުނިތަކުން ނެވެ.

އެހެން ނަމަވެސް މި ދުވަސްވަރު މޫސުން ގޯސްވެފައިވާތީ ޕްރައިވެޓް ފަރާތްތަކަށް ވެސް ފިޔާ ގެނައުމުގައި ދަތިވެ ފިޔާ ނުގެނެވި ބާޒާރުގައި ފިޔާގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ.

އެސްޓީއޯއިން ބުނީ މާކެޓުގައި އަސާސީ މުދަލަށް ދަތިވެއްޖެނަމަ އެސްޓީއޯއިން އެ ވިޔަފާރިތެރެއަަށް ވަންނަ އުސޫލުގެ ދަށުން ފިޔާގެ ޝިޕްމަންޓެއް ގެންނަން ނިންމާފައިވާ ކަމަށެެވެ.

އެގޮތުން ފިޔާގެ ޝިޕްމަންޓެއް މިރޭ ގެންނާނެކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

ގިނަ ފިހާރަތަކުން ފިޔާ ހުސްވެފައިވާ އިރު ފިޔާ ލިބޭ މަދު ފިހާރަތަކުން ފިޔާ ވިއްކަނީ ވަރަށް ބޮޑު އަގުގަ އެވެ.