ޚަބަރު

ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކޮށްދޭން އެދި ފުުލުހުންނަށް ހުށަހަޅައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޓާމިނަލް ހުޅުވުމަށް ބޭއްވި ޑްރޯން ޝޯގެ ތެރެއިން--

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ކުރިއަށް ދިޔަ ޑްރޯން ޝޯގައި ބައެއް ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކޮށްދޭން އެދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ފުުލުހުންނަށް ހުށަހަޅައިފި އެވެ.

Ads by STELCO

ޑްރޯން ޝޯ ކުރިއަށް ދިޔައިރު ގިނަަ އަދަދެއްގެ ޑްރޯން ވަނީ ސިގްނަލް ގެއްލި މޫދަށާއި ބިންމައްޗަށް ވެއްޓިފަ އެވެ. އަދި ބައެއް ޑްރޯންތައް ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ.

އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ފޮނުއްވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު އޭގައި ބުނެފައިވާ ގޮތުން ޑްރޯން ޝޯގެ ރިހާސަލް  ކުރިއަށް ދިޔަ އެފަދަ މައްސަލައެއް ދިމައެއް ނުވެއެވެ.

އެހެން ނަަމަވެސް ޝޯ ބޭއްވި ރޭ ޑްރޯންތައް ވެއްޓުނު އިރު  އެއާޕޯޓުގައި މަސައްކަތް ކުރަމުން ދިޔަ އެހެނިހެން މުވައްޒަފުންނަށް ވެސް ސިގްނަލް އާއި ނެޓްވޯކް ގެއްލުމުގެ މައްސަލަ ކުރިމަތިވިކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އެކަން ހިނގައިދިޔަ ގޮތް ސީދާ ނޭނގޭތީ އެކަން ތަހުގީގުކޮށް ދިނުމަށް ޝަރީފް ވަނީ އެދިވަޑައިގެންފަ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އެ މައްސަލައިގައި އެމްއޭސީއެލް ޒިންމާވާން ޖެހިއްޖެނަމަ މާލީ ގޮތުން އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ވެސް ވާނެ އެވެ.

Ads by Ooredoo