134 ރަށެއްގައި ފިޓްނެސް ސެންޓަރު އަޅަން އެޗްޑީސީ އާއި އެމްއޭސީއެލްއާ ހަވާލުކޮށްފި

134 ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަޅަން އެޗްޑީސީއާއާ އެމްއޭސީއެލްއާ ހަވާލުކޮށްފި އެވެ.
މިއަދު ހ. މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޕޯޓްސް މިނިސްޓްރީއާއި އެޗްޑީސީއާއާއި އެމްއޭސީއެލްއާއެކު ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފަ އެވެ.
އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު އެވެ.
އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު އެވެ.
މިއަދު އެމްއޭސީއެލްއާ ހަވާލުކުރީ 64 ރަށެއްގައި ފިޓްނެސް ސެންޓަރު އެޅުމަށެވެ. އަދި އެޗްޑީސީއާ ހަވާލުކުރީ 61 ރަށެއްގައި ފިޓްނެސް ސެންޓަރު އެޅުމަށެވެ.
އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އެކަން ކާމިޔާބުކުރެއްވުމަށް ކުޅިވަރު ވުޒާރާއިން މިހާތަނަށް ވަނީ 87 އެފްއާރުސީއެއް ގާއިމުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.
އޭގެ ތެރެއިން ތިން އެފްއާރުސީއެއްގެ މަސައްކަތް ނިމިފައިވާއިރު، 28 މަޝްރޫއެއްގެ މަސައްކަތް މިވަގުތު ކުރިއަށް ދެއެވެ.
