ޚަބަރު

ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވުނު ދަބަހަކާއި ޑޮލަރުތަކެއް މަދު ގަޑިއިރުކޮޅެއް ތެރޭ ހޯދައިދީފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހޯދި ދަބަހާއި ޑޮލަރު--

ހަނދާން ނެތިގެން މީހަކަށް ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވުނު ދަބަހަކާއި ޑޮލަރުތަކެއް މަދު ގަޑިއިތުތަކެއްގެ ތެރޭގައި ފުލުހުން ހޯދައިދީފި އެވެ.

Ads by MPL

ފުލުހުން ބުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި މީހަކު ދަތުރުކުރި ކާރެއްގެ ތެރެއަށް 400 އަށްވުރެ ގިނަ ޑޮލަރާއި ދަބަސް ދޫކޮށްލެވި، ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.

އަދި އެ ރިޕޯޓާ ގުޅިގެން ސީސީޓީވީ ފުޓޭޖްތައް ބަލައި އެ މީހާ ދަތުރުކުރި  ޓެކްސީ ހޯދިކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ތަކެތި ހޯދީ އެ މައްސަލަ ރިޕޯޓްކުރިތާ އެންމެ ފަސް ގަޑިއިރުގެ ތެރޭގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގެއްލުނު ތަކެތި ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.