ޚަބަރު

ފަަލަސްތީނުގެ ޓީމުގެ ތަމްރީނުތައް ރާއްޖޭގައި ކުރިއަށް ގެންދަން ހުއްދަ ދޭން ނިންމައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފަަލަސްތީނުގެ ޓީމުގެ ތަމްރީނުތައް ރާއްޖޭގައި ބޭއްވުމާ ގުޅޭ ގޮތުން ސްޕޯޓްސް މިނިސްޓްރީއާއި އެފްއޭއެމްއާއެކު ބޭއްވި މަޝްވަރާތަކުގެ ތެރެއިން--

ފަލަސްތީނުގެ ފުޓްބޯޅަ ޓީމުގެ ތަމްރީންތައް ރާއްޖޭގައި ކުރިއަށް ގެންދަން ހުއްދަ ދޭން ސަރުކާރުން ނިންމައިފި އެވެ.

އިސްރާއިލުން ޣައްޒާގައި މިހާރު ހިންގަމުންދާ ގަތުލު އާންމާއި ހުޅަނގު އައްސޭރީގައި ވެސް ފަލަސްތީނުގެ މީހުންގެ ގެތައް ސުންނާފަތިކޮށް ހިންގަމުންދާ އޮޕަރޭޝަންތަކާ ގުޅިގެން އޭޝިއަން ޗެމްޕިއަން ލީގު(އޭއެފްސީ) ކަޕްއަށް ކޮލިފައި ވުމަށް ފަލަސްތީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަށް އެ ގައުމުގައި ޕްރެކްޓިސްތައް ކުރުމުގައި ވަނީ ދަތިވެފަ އެޗެ. އެހެންވެ އެ ޕްރެކްޓިސް މެޗުތައް ރާއްޖޭގައި ކުރެވޭނެ ގޮތް ހަދައިދިނުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގައި އެ ގައުމުން އޮތީ އެދިފަ އެވެ.

އެހެންވެ އެކަން އެފްއޭއިމްއިން ވަނީ ސަރުކާރަށް އަންގައިފަ އެވެ.

ސްޕޯޓްސް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިޢު އެފްއޭއެމްގެ އިސްވެރިންނާ ބައްދަލު ކުރައްވާފައި އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަދި ބައްދަލުކުރެއްވުމުގައި އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"އަދި އިންތިޒާމް ހަމަޖެއްސުމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައި. މިއީ ފަލަސްތީނާއި ރައްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެ، ކުޅިވަރުގެ ކަންކަމުގައި ފަލަސްތީނަށް އެހީވުމަށްޓަކައި ކުރެވޭ މުހިންމު ނިންމުމެއް."މިނިސްޓްރީން އެކްސްގައި ބުންޏެވެ.

Ads by Ooredoo