ޚަބަރު

އެމްޑީޕީން ފިނޭންސް ކައިރީގައި މުޒާހަރާ ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އްޖޭގެ މާލީ ކަންކަމާ އިގުތިސާދީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ފިނޭންސް މިނިސްޓްރީ ކައިރީގައި މުޒާހަރާ ކުރަމުން އެބަދެ އެވެ.

Ads by MPL

އެ މުޒާހަރާއި ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގަނެ އެވެ. މި މުޒާހަރާގައި އެކި ކަހަލަ ކަންބޮޑުވުންތައް ލިޔެފައިވާ ބޯޑްތައް ވެސް އަންނަނީ ބޭނުން ކުރަމުންނެވެ.

އެގޮތުން ޕޭ ކޮމިޝަންގެ ދަށުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ ކޮން އިރަކުންތޯ އާއި ކަރަންސީ ސްވޮޕަށް ހެދީ ކިހިނެއްތޯ އާއި ގައުމަށް ވަންނަ ޑޮލަރު ލޫޓްވައިފި އަދި ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ވެސް ލޫޓްވައިފި ފަދަ އިބާރާތްތައް ހިމެނެ އެވެ.

ސަރުކާރާ ދެކޮޅަށް އެމްޑީޕީން ބާއްވަމުން އަންނަ ހަރަކާތްތައް މިހާރު އިތުރުކޮށްފައިވާ އިރު، ސަރުކާރުގެ އެކިއެކި ސިޔާސަތުތަކަށް އެމްޑީޕީން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި މި ސަރުކާރު ބަދަލު ކުރަން ޖެހޭ ކަމަށް އެ ޕާޓީން އަންނަނީ ބުނަމުންނެވެ.

Ads by HDC