Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކުރީގެ ރައީސުންނާއި މެމްބަރުންނަށް ދޭ އިނާޔަތް ކުޑަކުރަން މަޖިލީހަށް ހުށަހަޅަނީ

ކުރީގެ ރައީސުންނާއި މެމްބަރުންނަށް ދޭ އިނާޔަތް ކުޑަކުރަން މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން  ނިންމާފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔާކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement
Allied — Dhen Online (box)

އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

https://twitter.com/MMuizzu/status/1965754014941024545

ކުރީގެ ރައީސުންނާއި މެމްބަރުންނަށް ދޭ އިނާޔަތްތައް ކުޑަކުރަން ސަރުކާރުން ނިންމިއިރު އޭގެ ތަފްސީލެއް ރައީސް މުއިއްޒު ނުދެއްވަ އެވެ.

އެ ނިންމުން ނިންމިއިރު ދައުލަތުގެ ހަރަދު ބޮޑުވެ މަޝްރޫއުތަކަށް ކުރާ ހަރަދުތައް ވެސް ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.

ކުރީގެ ރައީސުންނަށާއި މެމްބަރުންނަށް ބޮޑެތި ހޭދަކުރާތީ ބޮޑެތި ފާޑުކިއުންތަކެއް ފަހުން ވަނީ އަމާޒުވެސްވެފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް