ޚަބަރު

ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލަން އިންސްޕެކްޝަނެއް ފަށަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވީރާނާވެފައި ހުރި ގެއެއްގައި ކާތަކެތި ތައްޔާރުކުރަނީ/ ފޮޓޯ: އިމިގްރޭޝަން

ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލަން އިންސްޕެކްޝަނެއް ފަށަން މޯލްޑިވްސް ފުޑް އެެންޑް ޑްރަގު އޮތޯރިޓީ(އެމްއެފްޑީއޭ)އިން ނިންމައިފި އެވެ.

Ads by MPL

އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ކާބޯތަކެތީގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއަޅައި އެ އޮތޯރިޓީގައި ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް އަންނަ އާދިއްތައިން ފެށިގެން މި މަހުގެ ނިޔަލަށް ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެ އިންސްޕެކްޝަން ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލްއާއި ހައުސިން މިނިސްޓްރީއާ ގުޅިގެން ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެމްއެފްޑީއޭގައި ރަޖިސްޓްރީކުރަން ލާޒިމްކޮށްފައިވާ ތަންތަންކަން ހަނދާކޮށް އެ އޮތޯރިޓީއިން ބުނީ ރަޖިސްޓްރީނުކޮށް ހިންގާ ތަންތަން ބަންދުކޮށް އެ ތަންތަނުގެ މައުލޫމާތު އާންމުވެސް ކުރާނެ ކަމަށެވެ.

ގޭގޭގެ ކުދިކުދި ތަންތަނުގައި ކާބޯތަކެތި ހަދައިގެން ވެސް ވިއްކަމުންދާ އިރު މުޑުދާރުތަންތަނުގައި ކާބޯތަކެތި ހަދައިގެން ވިއްކާ ބިދޭސީން ވެސް އުޅެއެވެ.

އިމިގްރޭޝަންއިން ހިންގާ އޮޕަރޭޝަންތަކުގައި އެފަދަ ފަރާތްތައް އަތުލައިގެންފައިވެސް ވެއެވެ.

އެމްއެފްޑީއޭއިން ވަނީ ގޭގޭގައި ކާބޯތަކެތި ހަދައިގެން ވިއްކޭނީ ވަކި އުސޫލެއްގެ ތެރެއިން ކަމަށް ކަނޑައަޅައި ހަރުކަށި ގަވައިދެއްވެސް ފަހުން ހަދައިފަ އެވެ،.

Ads by HDC