ޚަބަރު

މަޖިލީހުގެ ރައީސް ޕާކިސްތާނަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް މިއަދު ފުރާވަޑައިގަންނަވައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މި ދަތުރަކީ މިއަދުން ފެށިގެން މި މަހުގެ 20 އާ ހަމައަށް އިސްލާމް އާބާދަށް ކުރައްވާ ރަސްމީ ދަތުރެއް ކަމަށެވެ.

މި ދަތުރުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދުގެ އިތުރުންހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މަޖިލީހުގެ ރައީސް މި ދަތުރުގައި ޕާކިސްތާނުގެ ސަރުކާރުގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މަޖިލިސް އިދާރާއިން ބުންޏެވެ.

Ads by Ooredoo