Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މީޑިއާ ބިލު ތަސްދީގު ނުކުރަން ގޮވާލައި އެމްއެމްސީގެ ސިޓީއެއް ރައީސްއަށް

މީޑިއާ ބިލު ތަސްދީގު ނުކުރަން ގޮވާލައި އެމްއެމްސީގެ ސިޓީއެއް ރައީސްއަށް
މީޑިއާތައް ރެގިއުލޭޓްކުރުން ވަރުގަދަކުރުމުގެ ނަމުގައި އިއްޔެ މަޖިިލީހުން ފާސްކުރި ބިލު ތަސްދީގު ނުކުރަން ރާއްޖޭގެ މީޑީއާ ކައުންސިން(އެމްއެމްސީ)އިން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ގޮވާލައިފި އެވެ. އިއްޔެ މަޖިލީހުން އެ ބިލު ފާސްކުރީ ބިލު ބޭރުކުރަން ގޮވާލައި 41 މީޑިއާއެއްގައި މަސައްކަތްކުރާ 151 ނޫސްވެރިން ސޮއިކޮށް ޕެޓިޝަނެއް ވެސް ހުށަހަޅާފައި ވަނިކޮށެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް ނުލައި ރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންގެ އަދަދު އުޅެނީ 200ގަ އެވެ. އަދި އެ ބިލު މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއިންނާއި ފަހުން މަޖިލީހުގެ ތަޅުމުން ފާސްކުރި އިރު ވެސް ނޫސްވެރިން ދިޔައީ މަޖިލިސް ކައިރީގައި މުޒާހަރާކުރަމުންނެވެ. އެމްއެމްސީން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ ބިލު ފާސްކުރުމަކީ އެ ކައުންސިލް އިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެ ބިލު މަޖިލީހަށް ހުށަހެޅީއްސުރެ ވެސް އެމްއެމްސީއާއި ބްރޯޑްކާސްޓިން ކޮމިޝަންއާއި ހިއުމަން ރައިޓްސް ކޮމިޝަންއާއި އަދި ނޫސްވެރިންގެ މިނިވަންކަމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން އެ ބިލަށް އޮތީ ކަންބޮޑުވުން ފާޅުކޮށްފައި ކަމަށާއި އެކަންކަމަށް ބެލުމެއް ނެތި ބިލު ފާސްކޮށްފައިވާތީ ބިލު ތަސްދީގު ނުކުރަން އެދި އެމްއެމްސީއިން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އެ ކައުންސިލްއިން ބުންޏެވެ. މީޑީއާ ކައުންސިލްއިން ބުނީ އެ ބިލު ގާނޫނަކަށް ވުމުން
  • މީޑިއާ ރެގިއުލޭޓްކުރުމުގެ ބަދަލުގައި ކުރެވިގެންދާނެކަމަކީ މީޑިއާ ކޮންޓްރޯލް ކުރުން ކަމަށް
  • އަދި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ ފާޑުކިޔާ އަޑުތައް މަޑުކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތްތައް ތައާރަފްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ބުނި
  • އޭގެ އިތުރުން ތަހުގީގީ އަދި ޖަވާބުދާރީ ނޫސްވެރިކަން ހުއްޓުވުމަށް ބާރުލިބި ޕްރެސް ފްރީޑަމްގެ އިންޑެކްސްގައި ރާއްޖޭގެ ރޭންކިން ވަރަށް ބޮޑަށް ދަށަށް ވެސް ދާނެ ކަމަށް ބުނި
އެ ބިލު ތަސްދީގުކުރުމުން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދާނެ އެވެ. އަދި އެއާއެކު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި މިނިވަން ކޮމިޝަންއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެ އެވެ. އެމްއެމްސީއިން ބުނީ އެ ކައުންސިލް އުވިގެން ދިޔަ ނަމަވެސް، މިނިވަން ނޫސްވެރިކަމުގެ ރޫހު ދެމި އޮންނާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް