ބޭސްފަރުވާއާއި ބޭރަށް ދިއުމަށް ކާޑުގެ ޑޮލަރު ލިމިޓު އަނެއްކާ ބޮޑުކުރަނީ

އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބޭސްފަރުވާއާއި ރާއްޖޭން ބޭރަށް ދާން ކުރާ ބައެއް ހަރަދުތަކަށް ބީއެމްއެލްގެ ޑެބިޓް ކާޑުގެ ލިމިޓު އިތުރުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މ. މުލީގައި ވާހަކަ ދައްކަވަމުން ރައީސް ވައުދުވެވަޑައިގެންނެވި ލުއިތަކަކީ:
- ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއެސް ޓާމިނަލްތަކުން ކުރާ ޕޭމަންޓްތަކުގެ ލިމިޓް 1000 ޑޮލަރަށް އިތުރުކުރުން
- އެއާލައިންތަކުން ޓިކެޓު ގަތުމަށާއި ވޭރު ގައުމުތަކުގެ ހޮޓެލް ތަކުގައި ތިބެން ކުރާ ހަރަދުތަކަށް 3000 ޑޮލަރަށް ލިމިޓް އިތުރުކުރުން
- ބޭސްފަރުވާއަށް ކުރާ ހަރަދުތައް ބޭންކްގައި އެދިގެން ސީދާ ބޭންކްއިން އެ ހޮސްޕިޓަލަށް ޑެބިޓް ކާޑުން ދެއްކޭނެ ގޮތް ހެދުން
ރައީސް ވިދާޅުވީ ޑޮލަރުގެ ތާށިކަން ރަނގަޅު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް މަސައްކަތްކުރަމުންދާ ކަމަށެވެ.
ރަށްރަށުގައި އޭޓީއެމް ބަހައްޓާތީ އަމާޒުވާ ފާޑުކިއުމަށް ވެސް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ އެއީ ވެސް ޑޮލަރުގެ ތާށިކަން ހައްލުވެގެން ދިއުމަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
މިއަހަރުގެ އޮކްޓޯބަރު މަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރުފިޔާ އޭޓީއެމް ބެލެހެއްޓުމަށް ފަހު މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ނިމެންވާ އިރަށް 40 ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
