ޚަބަރު

ޓީޗިން ހަދާ ދަރިވަރުންގެ ސްޓައިޕެންޑަށް ހުޅުވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓީޗަރުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ތެރެއިން ޕްރައިމަރީ، ދިވެހި އަދި އިސްލާމް މާއްދާ އިން ޓީޗިން ހަދާ މީހުންނަށް ސްޓައިޕެންޑް ދޭން ހުޅުވާލައިފި އެވެ.

Ads by STELCO

މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ޔުނިވަރސިޓީ އަދި ކޮލެޖްތަކުގައި، ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް މަހަކު 1،500ރ. ގެ ސްޓައިޕެންޑް ލިބޭނެއެވެ.

މި ސްޓައިޕެންޑް ދިނުމުގައި ޚާއްޞަކޮށް ޕްރައިމަރީ ގްރޭޑްތަކަށާއި، އިސްލާމް އަދި ދިވެހި މާއްދާ ކިޔަވައިދޭނެ ޓީޗަރުން ލިބުން ދަތި ރަށްރަށުގެ ސްކޫލްތަކުގައި ވަޒީފާ އަދާކުރަން އެއްބަސްވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ

ސްޓައިޕެންޑަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ ޔުނިވަސިޓީ ނުވަތަ ކޮލެޖެއްގައި އެންރޯލްވެ ކިޔަވަމުން އަންނަ މީހަކަށްވުމާއި ކޯހުގެ ކިޔެވުން ފެށީ މި އަހަރުގެ ޖެނުއަރީ 1 ކަމަށްވުމާއި އުމުރުން 40 އަހަރަށް ވުރެން ދޮށީ މީހަކަށް ނުވުން ހިމެނެ އެވެ.

ސްޓައިޕެންޑަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 2 އާ ހަމައަށެވެ.

ޓީވަރުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމަކީ ގްލޯބަލް ޕާޓްނަޝިޕް ފޮރއެޑިޔުކޭޝަންގެ މާލީ އެހީއާއެކު މިނިސްޓްރީގައި ގާއިމުކޮށްފައިވާ ތަޢުލީމަށް އިންޤިލާބީ ބަދަލު (ތައިބަ) ޕްރޮޖެކްޓްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިނިސްޓްރީ އާއި ޤައުމީ ޔުނިވަރސިޓީ، އިސްލާމިކް ޔުނިވަރސިޓީ އަދި ވިލާ ކޮލެޖް ގުޅިގެންނެވެ.

Ads by HDC