އެމްޑީޕީގެ އެއްވުމުގައި މާލެތެރެ ހަލިބޮލިކުރަން ރާވާފައިވޭ: ފުލުހުން

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އަންނަ ހުކުރު ދުވަހު "ލޫޓްވައިފި، ލޫޓްވައިފި" ގެ ނަމުގައި ބާއްވަން މާލޭގައި ބާއްވަން ހަމަޖެހިފައިވާ ބޮޑު އެއްވުމުގައި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދޭން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އެއްވުން ކުރިއަށް ގެންދަން ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް އެއްވުބް ކުރިއަށް ގެންދިއުމަށާއި އެކިއެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބިކޮށް، ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންވެ މިއީ އަމަންއަމާންކަމާއި އާންމު މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށް ފުލުހުން ބުންޏެގެ.
ބަޔާނުގައި ފުުލުހުން ބުނީ ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދާ ހަރަކާތްތަކަށް ފުލުހުން ފޯރުކޮށް ދޭން ޖެހޭ ރައްކާތެރިކަމާއި އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއު ރައްކާތެރިކަން ހަމަޖެއްސުމަކީ ފުލުހުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށެވެ.
"އެހެންކަމުން ސުލްހަވެރި ހަރަކާތެއްގެ ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތުގައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި އަމަންއަމާން ކަމަށް ނުރައްކާވާ ފަދަ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ގޮވާލަން،" ބަޔާނުގައި ބުންޏެވެ. "ހަރަކާތް ކުރިއަށް ގެންދާ އިރު، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމާ އެކު އެންމެހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމުކޮށް، މުޖިތަމައުގެ އާންމު މަސްލަހަތަށް އުނިކަމެއް ނާންނަ ގޮތަށް ހަރަކާތް ކުރިއަށް ގެންދަން ދަންނަވަން."
"ލޫޓްވައިފި ލޫޓްވައިފި" ގެ ނަމުގައި އެމްޑީޕީން ބާއްވަން ނިންމި ބޮޑު ހަރަކާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާ މެދު ކަންްބޮޑުވުން ފާޅު ކުރުމުގެ ކުރިއަށް ގެންދަން ރޭވި ހަރަކާތެކެވެ. މި ހަރަކާތް ޕްރޮމޯޓް ކުރަން އެމްޑީޕީން ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ވެސް ކޮށްފައިެވ އެވެ.
އެހެންވެ 3 ވަނަ ދުވަހު ބާއްވާ އެއްވުމުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާން އެ ޕާޓީން އެދެ އެވެ.
