ޚަބަރު

600 މީހުން އެއްފަހަރާ ފީނައިގެން ބ. އަތޮޅު ދުނިޔޭގެ ރެކޯޑެއް މުގުރާލައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ބ. އަތޮޅުގައި ބޭއްވި ސްނޯކްލިން ހަރަކާތުގެ ތެރެއިން - ފޮޓޯ: އޭދަފުށި ޓައިމްސް

600 މީހުން އެއްފަހަރާ ސްނޯކަލްކޮށް ފީނައިގެން ބ. އަތޮޅު ދުނިޔޭގެ ރެކޯޑެއް މުގުރާލައިފި އެވެ.

Ads by STELCO

ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން، ފްރީ ޑައިވް މޯލްޑިވްސް އާއި ވިޒިޓް މޯލްޑިވްސްއާ ގުޅިގެން މި ހަރަކާތް ބޭއްވީ ބ. އަތޮޅުގެ ރަށްތަކުގެ އިތުރުން ރިސޯޓްތަކާއި މުޅި ރާއްޖެއަށް ހުޅުވާލައިގެނެވެ.

ހަރަކާތަށް ދިން ނަމަކީ "ބާނި" އެވެ.

މިއަދު ހަވީރު ބ. ވިލިގިލިފަރު ފިނޮޅުއި އޮތް މި އިވެންޓްގައި ބައިވެރިން ރެކޯޑް ހެދުމަށް 90 ސިކުންތު ވަންދެން މޫދު އަޑީގައި ތިބެން ޖެހުނު ކަމަށް ބ. އަތޮޅުގެ ހަބަރުތައް ގެނެސްދޭ އޭދަފުށި ޓައިމްސްގައި ރިޕޯޓްކޮށްފައިވެ އެވެ.

އެ ހަރަކާތުގައި އެއްފަހަރާ 623 މީހުން ފީނާފައިވެ އެވެ.