ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

މަގުމަތީ ތިބި ފުލުހުންނަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި މީހަކު އިއްޔެ ބަންދުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކުރީ އަހުމަދު އިފްސާލް، ސާހިލް / ސ. މަރަދޫ އެވެ. އެއީ 24 އަހަރުގެ ޒުވާނެކެވެ. އަދި އޭނާގެ ކުށުގެ ރެކޯޑު އޮވެ އެވެ.
ކުރިމިނަލް ކޯޓުން އިއްޔެ އަމުރުކުރީ 16 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ. ހާދިސާގެ އިތުރު މާ ގިނަ ތަފުސީލުތަކެއް ކޯޓު އަމުރަކު ނެތެވެ.

Ads by HDC