ޓޫރިޒަމް ސިނާއަތުގެ ޓެކްނޮލޮޖީއާއި އިންޖިއަރިންނަށް ފެއާއެއް ބާއްވަނީ

ޓޫރިޒަމް ސިނާއަތުގެ ޓެކްނޮލޮޖީ އާއި އިންޖިއަރިންނަށް ހާއްސަކޮށް "ޓެކް އިންގް 2025 ޕަވާޑްބައި ޓޮނީނޯ ލެމްބޯގީނީ ގޮލްފް ކާޓްސް" ގެ ނަމުގައި ފެއާއެއް މި ބާއްވަން ތައްޔާރު ވެއްޖެ އެވެ.
މި ފެއާ އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މި މަހުގެ 30-28 ގެ ނިޔަލަށެވެ.
މި ފެއާ އިންތިޒާމު ކުރާ އޮމްނިބޮކްސް އިވެންޓްސް ކުންފުނިން ބުނި ގޮތުގައި މި ފެއާގައި ވެގެންދާނީ ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށް ހުރި ތިމާވެއްޓާއި ރަހުމަތްތެރި އިންޖިއަރިން އަދި ޓެކްނޮލިޖީ އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެ އިވެންޓަކަށެވެ.
މި އިވެންޓުގައި އިންޖިއަރިން އަދި ޓެކްނޮލޮޖީ ފީންޑުގެ އެންމެ ބޮޑު މާކެޓެއް އޮތް ޓޫރިޒަމް ސިނާއަތަށް ހާއްސަ ސޮލިއުޝަންތައް ފެނިގެންދާނެ އެވެ.
ޕްރޮފެޝަނަލް ބިޒްނަސް މި ޕްލެޓްފޯމުގައި ރިސޯޓްތަކާއި ހޮޓަލްތަކާއި ޑިވެލޮޕަރުންނާއި ސަފާރީ އޮޕަރޭޓަރުންގެ އިތުރުން އިންފްރާސްޓްރަކްޗާގެ ތަޖުރިބާކާރުންނާއި ސަރުކާރުގެ ނިންމުންތައް ނިންމާ ފަރާތްތައް ބައްދަލުވެގެން ދާނެ އެވެ. މިއީ މި ދާއިރާއިން ބާއްވާނެ ބިޒްނަސް ޓު ބިޒްނަސް އެންމެ ބޮޑު ހަރަކާތަށް ވާނެ އެވެ.
މި އިވެންޓުގެ ޕާޓްނަރުން
ޓައިޓަލް ސްޕޮންސާ : ޓޮނިނޯ ލަމްބޮރްގީނީ ގޯލްފް ކާޓްސް
މެއިން ސްޕޮންސާ : އޮކްޓޯޕަސް ސިސްޓަމްސް
އެސޯސިއޭޓް ސްޕޮންސަރުން: ރަކަސް ނެޓްވޯކްސް އާއި ހުވާވޭ ޑިޖިޓަލް ޕަވާ
ކެޓަގަރީ : ސްޕޮންސާ އެޓޯލް ސޯލާ
އެޗްއެސްއައިއޭ ޕްރޮވައިޑާ : ނޮމަޑިކްސް – އަސާ އަބްލޯއީ
މީޑިއާ ޕާޓްނާ : ހޮޓެލިއާ މޯލްޑިވްސް
ލޮޖިސްޓިކްސް ޕާޓްނާ : ސެންޗުރިއަން ޓްރާންސްޕޯޓް ސޮލިއުޝަންސް
ހޮޓެލް ޕާޓްނާ : ދަ ސޮމާސެޓް ހޮޓެލް
ޕްރިންޓް ޕާޓްނާ : ޕްރިންޓް ވޯކްސް
އިންޓަނެޓް ޕާޓްނާ : ރައިޑް މޯލްޑިވްސް
ސޭފްޓީ އެންޑް އެމް ސެކިއުރިޓީ ޕާޓްނާ : ގޭޖް
ކޮފީ ޕާޓްނާ : ކޮފީ ސްޓޭޓް
ކެޓަރިން ޕާޓްނާ : ކްލޭ ސްޓޫޑިއޯ ކެފޭ
އޮމްނިބޮކްސް އިވެންޓްސް ކުންފުނިން ބުނި ގޮތުގައި މި އިވެންޓު ބާއްވަނީ ގިނަ ފަރާތްތަކެއްގެ އެންޑޯސްމަންޓް ލިބިގެންނެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި ވިޒިޓް މޯލްޑިވްސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް
ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ އިތުރުން ދަ ނޭޝަނަލް ހޮޓެލްސް އެންޑް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ހިމެނެ އެވެ.