Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ރައްޔިތުންގެ މަޖިލިސް

އެމްޑީޕީއިން ދައުލަތަށް ބައި ރުފިޔާއެއް ލިބޭނެ ކަމެއް ވެސް ކޮށްފައެއް ނެތް: ސަޢީދު

އެމްޑީޕީއިން ދައުލަތަށް ބައި ރުފިޔާއެއް ލިބޭނެ ކަމެއް ވެސް ކޮށްފައެއް ނެތް: ސަޢީދު

އެމްޑީޕީގެ ވޭތުވެދިޔަ ސަރުކާރުން ދިވެހި ދައުލަތަށް ބައި ރުފިޔާއެއް ލިބޭނެ ކަމެއް ވެސް ކޮށްފައި ނުވާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމި ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވިއ އިރު ދިވެހި ދައުލަތުގައި 125.2 ބިލިއަން ރުފިޔާ ދަރަނި ހުރި ކަމަށާއި ނަމަވެސް ދައުލަތަށް އާމްދަނީއެއް ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

" އިއްޒަތްތެރި މެމްބަރުގެ މަޢުލޫމާތަށް ޓަކައި އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެންނާ ވާރުތަވީ އިރު ތިބޭފުޅުން ވިދާޅުވާ ލޫޓްވައިލައިފައި ދިޔަ ސަރުކާރުން 125.2 ބިލިއަން ރުފިޔާގެ ދަރަންޏެއް ވާރުތަވެގެން އައި. 125.2 ބިލިއަން ރުފިޔާގެ ދަރަންޏެއް އުފެއްދި އިރު އާމްދަނީއެއް ލިބޭނެ ބައި ސެންޓް ވެސް ނެތް. ބައި ރުފިޔާއެއް ވެސް ނެތް އާމްދަނީއެއް ލިބޭނެ ކަމެއްކޮށްފައި ހުސް ރިކަރެންޓް އެކްސްޕެންޑިޗަރ.” މިނިސްޓަރ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މިނިސްޓަރ ސަޢީދު ވިދާޅުވީ ފެންނަން ހުރި ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑްގެ ނަމުގައި 8.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި ނަމަވެސް ޚަރަދުކޮށްފައި ވަނީ 4.2 ބިލިއަން ކަމަށެވެ.

“ދެން ކޮންކަމަކާތޯ ފައިސާ ޗާޕްކުރީ. އަޅުގަނޑުމެން އޭރު ވެސް ދެންނެވިން ، މިތާ އެބަ ތިއްބެވި (އޭރު ވެސް ތިއްބެވި) އިއްޒަތްތެރި ބައެއް މެމްބަރުން. ހެޔޮނުވާނެއޭ ޤާނޫނު ތަޅުލައިފައި ތި ގޮތަށް ތިކަން ނުކުރާށޭ. ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ތަޅުލައި މިއަދު އެކަން ކުރީމަ ނޫންތޯ ދިވެހި ރުފިޔާ ނިކަމެތިވެގެން މިއުޅެނީ" ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރުގެ ސަރުކާރުން ފައިސާ ޗާޕް ނުކުރާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް