އައްޑޫއަށް 1.8 މެގަވޯޓުގެ ދެ ޖެނެރޭޓަރު ގެންގޮސްފި
 
                                                        އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ދެ ޖެނެރޭޓަރު ގެންގޮސްފިއެވެ.
އައްޑޫގައި ކަރަންޓުގެ ހިދުމަތް ދޭ ފެނަކައިން ބުނީ އައްޑޫއަށް ގެންދިޔައީ 1.8 މެގަވޯޓުގެ ދެ ޖެނެރޭޓަރެއް ކަމަށާއި އެ ޖެނެރޭޓަރު ބެެހެއްޓުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ދޭތެރެ ދޭތެރެއިން ކަރަންޓުގެ މައްސަލަ ދިމާވަމުންދާ އައްޑޫގައި އެންމެ ފަހުން ޖެެނެރޭޓަރަަކަށް މައްސަލަ ދިމާވެ ކަރަންޓު ކެނޑުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
އެ މައްސަލަ ކުރިމަތިވި ފަހުން ތިނަދޫން ވެސް 1.6 މެގަވޯޓުގެ ޖެނެރޭޓަރެއް އައްޑޫއަށް ގެންދިޔައެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭތީ އެ މައްސަލަ މަޖިލީހަށް ވެސް ހުށަހަޅާފައިވާ އިރު އައްޑޫގެ ރައްޔިތުން ވެސް އެ މައްސަަލައިގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.
ސަރުކާރުން އެ މައްސަލައިގައި ބުނީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ދާދި ފަހުން ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތްތައް މި އަހަރު ފަށާނެ ކަމަށާއި އެކަން ބަޔަކާ ހަވާލު ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
 
   
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
