ޚަބަރު

ދައުލަތުގެ އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް ބަޖެޓްކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖާ ޖެނެރަލް (ރިޓަޔަޑް) މޫސާ އަލީ ޖަލީލަށް އެރުވުން--

ދައުލަތުގެ މަތީ އިއްޒަތް އަރުއްވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނައިފި އެވެ.

Ads by STELCO

މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް އިންޝުއަރެންސް ދިނުމަށް ހިމަނާފައި ވަނީ 1.2 މިލިއަން ރުފިޔާ އެވެ.

މިއީ ދައުލަތުގެ އިއްޒަތް އަރުއްވާފައިވާ ބޭފުޅުންނަށް އިނާޔަތެއް ދިނުމަށް ބަޖެޓުގައި ހިމެނި ފުރަތަމަ ފަހަރެވެ. ކުރިއަށް ހުރި އަހަރުތަކުގައި ވެސް މި އިނާޔަތް ބަޖެޓުގައި ހިމަނާނެ ކަމަށް ވެސް ބަޖެޓު ބަޔާނުގައިވެ އެވެ.

ދައުލަތުން މިހާރު އަރުވާ އިއްޒަތްތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ އިއްޒަތް، ދައުލަތުގެ މަތިވެރި އިއްޒަތް އަދި ދައުލަތުގެ އެންމެ މަތިވެރި އިއްޒަތެވެ. މި އިއްޒަތްތައް މިހާތަނަށް 39 ބޭފުޅަކަށް ވަނީ އަރުވާފަ އެވެ.