Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮލަމާފުށީގެ ބިން ހިއްކުމުގެ %90 ނިމިއްޖެ: އެމްޓީސީސީ

ކޮލަމާފުށީގެ ބިން ހިއްކުމުގެ %90 ނިމިއްޖެ: އެމްޓީސީސީ

ގއ. ކޮލަމާފުށީގެ ބިން ހިއްކުމުގެ %90 މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީން ބުނެފިއެވެ.

ސަރުކާރުން 2023ވަނަ އަހަރުގެ އޮގަސްޓުމަހު އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށްގެންދާ ކޮލަމާފުށީގެ ބިން ހިއްކުމާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް އެމްޓީސީސީ ބުނެފައިވެއެވެ. މިހާރު ކުރިއަށްދަނީ ބައުންޑްވޯލް ޖެހުމުގެ މަސައްކަތާއި ހިއްކާފައިވާ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން ހިއްކާ ސަަރަހައްދުގައި ފެން ބޮޑުވިޔަ ނުދިނުމަށް ބައޮސްވެލްއެއް އެޅުމާއި ހިއްކާފައިވާ ސަހަރައްދު ހިމާޔަތްކުރުމުގެ ގޮތުން ބޮޑުހިލަ ޖެހުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ޖާގައިގެ ދަތިކަންކަމަށާއި މި މަޝްރޫއުގެ ސަބަބުން 9.16 ހެކްޓަރުގެ ބިމެއް އިތުރުވެގެންދާނެކަމަށް ކައުންސިލުން ފާހަގަކުރެއެވެ. އަދި ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މަސައްލައަށް ހައްލު ލިބިގެންދާނެކަމަށާއި އިޤްތިޞާދީ މަސައްކަތްތަކަށް ފުރުޞަތުތައް ފަހިވެގެންދާނެކަމަށް ރަށު ކައުންސިލުން ބުނެއެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމާލުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް