ޚަބަރު

ލޭންޑިންކްރާފްޓް ބަންޑުން ޖަހާލުން: ހާލު ދެރަވި ދިވެހި ޒުވާނާ ނިޔާވެއްޖެ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ހާލު ސީރިއަސްވެގެން ނިޔާވި އަލީ އަފްލާހް --

މޯލްޑިވްސް ޕޯޓް ލިމިޓެޑް ބަނދަރު ސަރަހައްދާ ދިމާލުގައި އޮތް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބުނު ދިވެހި ޒުވާނާ ނިޔާވެއްޖެ އެވެ.

Ads by STELCO

މި ހާދިސާގައި ހަ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދިޔަ އެވެ. އޭގެ ތެރެއިން ބަންގްލަދޭޝަށް ނިސްބަތްވާ، މައުސޫދު ހޮސައިން 32، އިއްޔެ ވަނީ ނިޔާވެފަ އެވެ.

އަދި ބޮޑެތި އަނިޔާތަކެއް ލިބުނު އެމްޕީއެލް މުވައްޒަފެއް ކަމަށްވާ ގއ. ގެމަނަފުށި، ދިލްބަހާރުގެ، އަލީ އަފްލާހް އަބްދުﷲ 25، އަށް ފަރުވާ ދެމުން ދަނިކޮށް، ހާލު ސީރިއަސްވެގެން ރޭ ދަންވަރު ވަނީ ނިޔާވެފަ އެވެ.

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލިއިރު 14 މީހުން އޭގައި ތިއްބެވެ. އެ އެންމެން ވެސް ހޯދާފައިވެ އެވެ.

އިއްޔެ 15:44 ހާއިރު އެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލާފައި ވަނީ އެ އުޅަަނދަށް ހައިމާކުތަކެއް އަރުވަނިކޮށް ބެލެންސް ގެއްލިގެންނެވެ.

Ads by Ooredoo