ދުނިޔެ

ނާސާއިން ޖައްވަށް ފޮނުވާ ފާޚާނާގެ އަގަކީ 23 މިލިއަން ޑޮލަރު!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މުޅިން އަލަށް އީޖާދު ކުރި ޖައްވީ ފާހާނާތަކުގެ އަގަކީ 23 މިލިއަން ޑޮލަރު ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ. މި ފާހާނާގެ އަގުބޮޑު ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެގޮތުން މިފާހާނާ އަކީ ޖައްވުގައި ދަތުރުކުރާ "އެސްޓްރޮނޯޓްސް" އަށް ވަރަށް ގިނަ ފައިދާތަކެއް ލިބިދޭނެ އެއްޗެކެެވެ. އެގޮތުން އުކާލާ ތަކެތި އަލުން ބޭނުން ކުރެވޭ މިންވަރު އިތުރުވެގެންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެެވެ.

Ads by Sosun Fihaara

މި ފާހާނާއަކީ ޔުނިވާސަލް ވޭސްޓް މެނޭޖްމަންޓް ސިސްޓަމް ގެ ފަރާތުުން އުފައްދާފައިވާ ފާހާނާއެކެވެ. އަދި މި ފާހާނާގެ ހިދުމަތްތައް މާ ފުރިހަމަކަމަށް ނާސާއިން ބުނެއެވެ.

މި ފާހާނާތަކަކީ ކުރިން އުފެއްދި ފާާހާނާތަކަށްވުރެ 65 އިންސައްތަ ކުޑަ އަދި 40 އިންސައްތަ ލުއި ފާހާނާ ތަކެކެވެ. އަދި މިފާހާނާތައް އުފައްދާފައި ވަނީ ފައި ބައިންދާނެ ހާއްސަ އެއްޗަކާއި އެސްޓްރޮނޯޓުން
"ފްލޯޓް" ވެގެން ގޮސްފާނެ ކަމުގެ ބިރަށްޓަކައި މިކަމުން ސަލާމަތް ކޮށްދިނުމަށް ހިފަހައްޓާނެ ތަންތަން ވެސް ހިމެނޭ ގޮތަށެވެ. މި ފާހާނާތަކަކީ އަންހެން އެސްޓްރޮނޯޓުންނަށް ވަރަށް ފަސޭހަ ވާނޭހެން އުފައްދާފައިވާ ފާހާނާތަކެއް ކަމަށާއި މިފާހާނާތައް ސާފުކޮށް ބެހެއްޓުމަށް މާ ފަސޭހަވެގެން ދާނެ ކަމަށް ނާސާއިން ޔަގީންކަން ދީފައިވެއެވެ.

މި ފާހާނާގެ ހުރިހާ މަސައްކަތެއްވެސް ކުރިއަށްދާނީ "އޮޓޮމެޓިކް" ކޮށް ކަމަށްވެސް  ނާސާއިން މައުލޫމާތު ދީފައި ވެއެވެ. އަދި މި ފާހާނާއަކީ ތިމާވެއްޓާ ވަރަށް ރައްޓެހި ގޮތަކަށް އުފައްދާފައިވާ ފާހާނާތަކެކެވެ.

މި ފާހާނާތަކުގައި ކުޑަކަމުދާ ތަކެތި ބަދަލުވެގެން ދާނީ ފެނަށެވެ. އަދި ޓޮއިލެޓް ޕޭޕާ އާއި އަންގި އަކީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭނެ އެއްޗެއް ކަމަށް ވެއެވެ.

މި ފާހާނާ، ފާހާނާއެއްގެ ގޮތުގައި ބޭނުން ކުރެވޭނީ 3 އަހަރު ވަންދެންނެވެ. އޭގެ ފަހުން ބޭނުން ކުރަން ޖެހޭނީ ޖައްވީ އުޅަނދެއްގެ ގޮތުގައި ކަމަށްވެސް ނާސާއިން ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!