ޚަބަރު ސަރުކާރު

ހިޔާގެ 4 ޓަވަރެއްގައި ލިފްޓު ހަރުކޮށް އާންމުންނަށް ހުޅުވައިލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ހިޔާ ފްލެޓް

ހިޔާ ފްލެޓްތަކުގެ 4 ޓަވަރެއްގައި ލިފްޓު ހަރުކޮށް އާންމުންނަށް ހުޅުވައިލައިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

Ads by MPL

ހިޔާ ޓަވަރުތަކުގައި އިތުރުކުރޭ ލިފްޓުތަކުގެ މަސައްކަތުގެ، %75 މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ޓަވަރު 1، 2، 3 އަދި 4ގެ %100 މަސައްކަތް ނިމި އާންމުންނަށް މިހާރު ބޭނުން ކުރެވޭނެކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

ދެން އެންމެ އަވަހަށް މަސައްކަތްނިމި ޚިދުމަތް ދެވެން ފަށާނީ ޓަވަރު 5 އަދި 6 ކަމަށާއި އެ ދެ ޓަވަރުގެ ވެސް %90 މަސައްކަތް ނިމިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ޓަވަރުތަކުގައި ހަރުކުރެވޭ އައު ލިފްޓުތަކުގައި ބަލި މީހުން އުފުލޭނެ އިންތިޒާމާއި ސްޓްރެޗަރ އެރުވޭނެ ގޮތަށް ހުންނާނެ ކަމަށާއި ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ފްލޯ ނަންބަރު ބްރެއިލްއިން ހަރުކުރެވިފައި ހުންނާނެކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

މީގެ އިތުރުން މުޅި މަޝްއޫޢުގެ %50 މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ވީއެންމެ އަވަހަށް ހުރިހާ ޓަވަރުގެ ފްލެޓުތަކުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!