އެއަރޕޯޓުގެ ސުކޫކު ދައްކަން ހިއްސާ ވިއްކަން ޖެހޭ: ނަޝީދު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސުކޫސު ދައްކަން އެ ކުންފުނީގެ ހިއްސާ ވިއްކަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވައިލައްވައިފިއެވެ.
އެމަނިކުފާނު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރު ދެއްކުމަށް އެއަރޕޯޓުގެ ހިއްސާ ވިއްކަންޖެހޭ ކަމަށާއި ލޯނު ނުނަގާ ވެސް އެކަން ކުރެވޭނެ ކަމަށެވެ. ހަމައެހެންމެ ކާގިލް ފައިނޭންޝަލް ސާވިސްއަށް ބޮޑު އިންޓަރެސްޓެއްގައި ބޮންޑު ވިއްކައިގެން ބަޖެޓަށް ފައިސާ ހޯދުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންރޓަނޭޝަނަލް އެއަރޕޯޓު ވަނީ އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދީފައެވެ. ނަމަވެސް ރައީސް ވަޙީދުގެ ވެރިކަމުގައި ވަނީ އެއަރޕޯޓު އަނބުރާ ޖީއެމްއާރު އަތުން ހޯދައިފައެވެ.

