އައްޑުއަތޮޅު ހިތަދޫ މިސްކިތަކަށް ގެންލުންތަކެއް ދީފިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ޢުމަރު ފާރޫޤު މިސްކިތަށް ގެއްލުންދިން މައްސަލަ ބަލައި ތަޙްޤީޤު ކުރައްވާނެ ކަމަށާއި ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަމަށެވެ. އަދި އެ މައްސަލަ ބަލައި އިދާރާތަކާއި ގުޅިގެން މަސައްކަތްތައް ފަށާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މިސްކިތަށް ގެންލުންދިން ބަޔަކު ވަނީ މިސްކިތުގައި ހުރި ގޮނޑިތަކާއި މުޞްހަފްތައް އުކާލައި އަދި މުޞްހަފްތަކަށް ފެން ވެސް އަޅައިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
Ads by Ooredoo

