ޚަބަރު ސަރުކާރު

ތަރައްޤީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް ހޯދިދާނެ: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ތަރައްޤީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް ހޯދިދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MPL

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ ޖުމްހޫރީ ދުވަހުގެ އިޚްލާސްތެރި ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ރައްޔިތުންނަށް އަރިސް ކުރައްވައިފައެވެ. އަދި ދިވެހި ރައްޔިތުން ފަޚުވެރިވާނެ ތަރައްޤީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް ހޯދިދާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެހެންމެ، ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް ޙާޞިލްކޮށް ދިނުމަށް މި ސަރުކާރުން ފެށި ދަތުރުގައި އެ މަނިކުފާނު ކުރިއަށްދަނީ މާތްﷲގެ ހަޟްރަތުން ވާގިއެދި އިޚްލާސްތެރިކަމާ އެކު ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ ޕޯސްޓުގައި ވަނީ މި ލޮބުވެތި ޤައުމު ބާއްޖަވެރިކަމާއި ފާގަތިކަމުގައި އަބަދުމެ ލެހެއްޓެވުން އެދި ދުޢާ ކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!