ކަންނެލި ގަތުމަށް ހުޅުމާލޭގައި ކޯލްޑް ޗެއިން ކޮމްޕްލެކްސްއެއް އަޅަނީ
ކަންނެލި ގަތުމަށް ހުޅުމާލޭގައި ކޯލްޑް ޗެއިން ކޮމްޕްލެކްސްއެއް އަޅައިދޭނެ ބަޔަކު ހޯދަން ފިޝަރީސް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ދިވެހި ސަރުކާރުން ހިންގަމުންދާ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ (އެޕްވެކްސް) މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީއަކާއި އިދާރީ އޮފީހެއް އެޅުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެކަން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް އެ އިއުލާނުގައި ވެއެވެ.
އެކަމަށް ޓަކައި ބީލަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ވަނީ، 5 އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވަރެޖްކޮށް އެއް މިލިއަން ޑޮލަރު ލިބިފައިވުމެވެ. އަދި ފާއިތުވި 10 އަހަރު ތެރޭގައި މިބާވަތުގެ އެއް މަސައްކަތްކޮށް، 2.5 މިލިއަން ޑޮލަރު ލިބިފައިވުން ވެސް ހިމެނެއެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހ އެވެ. މި މަޝްރޫއުގެ ބިޑު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.
ކަންނެލި މަހާ ބެހޭ މަސައްކަތްތައް ހުޅުމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ އިރު، އެޗްޑީސީން ވަނީ އެކަމަށް ޓަކައި ބިމެއް ވެސް މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

