Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެންޑީއޭއިން ފަރުވާ ހޯދާ މީހުންނަށް ޑްރަގް ދީ، ގުޅުން ހިންގާ މީހަކު ހައްޔަރު ކޮށްފި

އެންޑީއޭއިން ފަރުވާ ހޯދާ މީހުންނަށް ޑްރަގް ދީ، ގުޅުން ހިންގާ މީހަކު ހައްޔަރު ކޮށްފި

ނޭޝަނަލް ޑްރަގް އޮތޯރިޓީ (އެންޑީއޭ) އިން ފަރުވާ ހޯދާ ފަރާތްތަކަށް މަސްތުވާތަކެތިދީ، އެމީހުންނާއެކު ނަހަމަ ގުޅުން ހިންގާކަމުގެ ތުހުމަތުގައި އެތަނުގެ މުވައްޒަފަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އެންޑީއޭގެ ޕިއާ މެންޓޯގެ ވަޒީފާ އަދާ ކުރަމުން ދިޔަ ސ. ފޭދޫ، ފްލޮރިޑާ، މުހައްމަދު ފަސީހު 51، އެވެ.

ފުލުހުން މިއަދު ބުނީ އެންޑީއޭ އިން ފަރުވާ ހޯދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ހިންގާ ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ މިމަހުގެ 4 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލައިގައި ފަސީހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.

Advertisement
Ooredoo — Square (box)

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް