ދަތް އުނގުޅުމަށް ފަހު އަނގަ ނުދޮވުމުން ފައިދާވާކަން އެނގޭތަ؟
ދަތް އުނގުޅުމަށް ފަހު ރަގަޅަށް އަނގަ ދޮވެލުމަކީ ކޮންމެ މީހަކު ވެސް ކުރާ ކަމެކެވެ. ނަމަވެސް އެ ދޮވެލެވެނީ ދަތް އުނގުޅުމުން ލިބޭ ފައިދާތަކޭ ބުނުމުން ގިނަ ބަޔަކު ހައިރާން ވެދާނެ އެވެ.
ދަތުގެ ހާއްސަ ބައެއް ޑޮކްޓަރުން ބުނާ ގޮތުގައި ދަތް އުނގުޅުމަށް ފަހު އަނގަ ދޮވުމާ މެދު ބަހުސެއް އޮވެ އެވެ. އެއްގޮތަކީ ދަތް އުނގުޅުމަށް ފަހު އަނގަތެރެ ރީއްޗަށް ދޮވެލުމެވެ. ސަބަބަކީ ފްލޮރައިޑް ކުޅާ އެކު ނުދިރުވުމެވެ.
އަނެއް ބަހުސަކީ އަނގަ ނުދޮންނަ ނަމަ، ދަތްތައް ހަލާކުވުމުގެ ފުރުސަތު ކުޑަވުމެވެ. ބައެއް ތަޖުރިބާކާރު ޑެންޓިސްޓުން ބުނާ ގޮތުގައި، އެންމެ ރަނގަޅު ގޮތަކީ ދަތް އުނގުޅައި ނިންމާލުމަށް ފަހު ކުޅު ޖަހައިގެން އަނގަތެރެ ސާފުކޮށްލުމެވެ. އޭގެ ސަބަބުން ދަތްތަކުގެ ދުޅަހެޔޮ ކަމަށް އެހީތެރިވެދީ، ދަތްތައް ވަރުގަދަ ވެސް ކޮށްދެ އެވެ.
އިތުރު ކަމަކަށް، ދަތް އުނގުޅުމަށް ފަހު ކުޅު ޖެހުމުގެ ބަދަލުގައި ފެނުން އަނގަ ދޮވުމުން، ދަތް އުނގުޅާ ބޭހުގައި ހުންނަ ކޮންސެންޓްރޭޓެޑް ފްލޮއިޑް ދޮވެވެ އެވެ. އޭގެ ސަބަބުން ދަތް އުނގުޅާ ބޭހުގައި ހިމެނޭ ދަތާއި ހިރުގަނޑު ރައްކާތެރިކޮށްދޭ މާއްދާތައް ދަށްވެގެން ދެއެވެ.
އެހެންކަމުން ދަތް އުނގުޅުމަށް ފަހު އަނގަ ދޮވުމާ މެދު ތަޖުރިބާކާރު ޑެންޓިސްޓުންގެ މެދުގައި ބަހުސެއް އޮވެއެވެ. ބައެއް ރިޕޯޓުތައް ކިޔާލުމުން ދޭހަވީ، ދަތް އުނގުޅުމަށް ފަހު އަނގަ ދޮވުމަށް ވުރެ ކުޅު ޖަހައިގެން އަނގަތެރެ ސާފުކޮށްލުމުން ލިބޭ ފައިދާ މާބޮޑު ކަމެވެ.
